ރެސިޕީ: ސޯސީ ސޮސެޖް

ރެސިޕީ: ސޯސީ ސޮސެޖް

ގުޅުންހުރި

ބޭނުންވާނެ ތަކެތި:

6 ސޮސެޖް ( އިންޗިއެއް ހުންނަ ވަރަށް ބުރިކޮށްފައި)
2 ފިޔާ (ކޮށާފައި)
2 ޓޮމާޓޯ (ކޮށާފައި)
1 ބެލް ޕެޕަރ (ހަނިދިގަށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ ވިނެގަރ
1 ސައި ސަމުސާ އިނގުރު (ގާނާފައި)
1/2 ޖޯޑު ޓޮމާޓޯ ސޯސް
1/2 ޖޯޑު ޗިލީ ސޯސް
ލޮނު (ރަހަ ހެޔޮވަރުވާ ވަރަށް)
ތެޔޮ ފޮދެއް

 

ތައްޔާރުކުރާނެ ގޮތް:

ތަވަޔަކަށް ތެޔޮފޮދު އަޅާލުމަށްފަހު، ފިޔާ އާއި ބެލް ޕެޕަރ އެކުގައި ވަޅޯކޮށްލާށެވެ. އޭގެތެރެއަށް ސޮސެޖްކޮޅާއި ކޮށާފައި ހުރި ޓޮމާޓޯ އަޅާލުމަށްފަހު 2-3 މިނިޓް ވަންދެން މަޑުގިނީގައި ކައްކާލުމަށްފަހު ބާކީ ހުރި ތަކެތި އަޅައި ލޮނު ހެޔޮވަރުކޮށް ރޯފިލަންދެން ކައްކާލާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ