ޕޭޕަރުތައް ލީކުވިޔަސް ތާވަލާ އެއްގޮތަށް އިމްތިހާން ކުރިއަށްދާނެ: އެޑިއުކޭޝަން

ޕޭޕަރުތައް ލީކުވިޔަސް ތާވަލާ އެއްގޮތަށް އިމްތިހާން ކުރިއަށްދާނެ: އެޑިއުކޭޝަން

Author
މުޙައްމަދު ޖިމީ
30 އޭޕްރިލް 2021 08:13
0

އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކްވިޔަސް، އެޑެކްސަލްއިން ވަކި ގޮތެއް އަންގަންދެން ރާއްޖޭގައި އިމްތިހާން ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިހާރު ކުރިއަށްދާ އޭ.ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބަލަހައްޓަމުން އަންނަކަމަށެވެ. އަދި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އަޅާފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިވާ އުޞޫލްތަކާއެއްގޮތަށް ކުރިއަށްދާކަމަށާއި، އޭ.ލެވެލްގެ ސުވާލު ކަރުދާހެއް ރާއްޖޭގެ އެއްވެސް އިމްތިހާން ސެންޓަރަކުން ލީކުވެފައިނުވާކަށް އެޑިއުކޭޝަނުން ބުނެފައިވެއެވެ.

އޭ،ލެވެލް އިމްތިހާނުގެ ބައެއް ސުވާލު ކަރުދާސްތައް ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ޕްލެޓްފޯމްތަކުން ލީކުކުރަމުންދާ މައްސަލަ އެޑެކްސަލްއިން ބަލަމުން އަންނަކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެޑެކްސަލްއިން އެހެންގޮތަކަށް އަމަލުކުރުމަށް އަންގަންދެން މިހާރު ތާވަލްކޮށްފައިވާ ގޮތަށް ރާއްޖޭގައި އިމްތިހާނު ކުރިއަށްދާނެކަަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

2800 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭ ލެވެލް އިމްތިހާނު ރާއްޖޭގައި ފަށާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ މެއި ޖޫންގައި ބޭއްވުމަށް ހަމަޖެއްސި އޭލެވެލް އިމްތިހާނު އަވަސްކޮށްފައިވަނީ އޭ ލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާނުތަކުގެ ތާވަލަށް އެޑެކްސެލްއިން ބަދަލު ގެނެސްފައިވާތީއެވެ. މިބަދަލު ގެނެސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާ ކުރިން މަޝްވަރާކުރުމެއްނެތި ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އިއްޔެއިން ފެށިގެން ބައެއް އޭލެވެލް ޕޭޕަރުތައް ލީކްވެފައިވާ ވާހަކަތައް ދެކެވޭއިރު، މިއަދު މެންދުރު ފަހު އޮތް އެޑެކްސެލްގެ ބަޔޮލޮޖީ ޕޭޕަރާއި އިއްޔެ އޮތް ފިޒިކްސް ޕޭޕަރުވެސް ލީކްވެފައިވެއެވެ.

ރާއްޖޭގައި އޭލެވެލް އިމްތިހާނު ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އަންނަ މަހުގެ14 އާއި ހަމައަށް އިމްތިހާން ކުރިއަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.