ރެސިޕީ: މިނީ ޗިކަން ސަބްމެރިން

ރެސިޕީ: މިނީ ޗިކަން ސަބްމެރިން

ގުޅުންހުރި

ބޭނުންވާނެ ތަކެތި:

3 ހޮޓްޑޯގް ބަނަސް
1 ޖޯޑު ޗިކަން ބްރަސްޓް (ކުދިކޮށް ކޮށާފައި)
1 ފިޔާ (ތުނިކޮށް ކޮށާފައި)
1 ސައިސަމުސާ ގާލިކް ޖިންޖާ ޕޭސްޓް
1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
1 ޓޮމާޓޯ (ފޮތިކޮށްފައި)
2 ފޮތި ޗީޒް
2 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް
2 ސައިސަމުސާ ބަޓަރު
މުގުރި އަސޭމިރުސްކޮޅެއް
މަޔޮނައިސް
ލޮނު

 

ތައްޔާރުކުރާނެ ގޮތް:

ތަވައެއްގައި ބަޓަރުކޮޅު ވިރުވާލުމަށްފަހު، ފިޔާކޮޅާއި ގާލިކް ޖިންޖާ ޕޭސްޓް، އަޅައި ފިޔާކޮޅު ވަޅޯކޮށްލާށެވެ.
ފިޔާކޮޅު ވަޅޯވުމުން ކުކުޅުމަސް އަޅައި، ރަހަ ހެޔޮވަރުވާވަރަށް ލޮނާއި އަސޭމިރުސް އަޅައި، މަސްތައް ރޯފިލަންދެން ހަނާކޮށްލާށެވެ.
ތައްޓަކަށް ޗިލީ އެންޑް ގާލިކް ސޯސް އަޅައި އޭގެތެރެއަށް ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އަޅައި އެއްކޮށްލާށެވެ.
ހޮޓްޑޯގް ބަނަސްތައް މެދުން ފަޅާލުމަށްފަހު އެއް ފަޅީގައި، ތައްޔާރުކުރި ސޯސް އުނގުޅާލާށެވެ. ސޯސްގަނޑުގެ މައްޗަށް ރޯފިލުވާފައި ހުރި ކުކުޅުމަސްކޮޅު އަޅައި، މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލައި، އޭގެމަތިން ޗީޒް ފޮތިތައް ކަފާލުމަށްފަހު އަތުރާލާށެވެ.
ބަނަހުގެ އަނެއް ފަޅީގައި މަޔޮނައިސް އުނގުޅާލުމަށްފަހު ޗީޒް ފޮތިތަށް މަތީ އެފަޅި ބާއްވާ ޓޫތުޕިކަކުން ހަރުކޮށްލާށެވެ. އަދި ބޭނުންނަމަ ޗީޒްކޮޅު ދިޔާވަންދެން އަވަނުން ފިހެލާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ