ބޭނުންވާނެ ތަކެތި:
4 އަލުވި (ފެނުކައްކާފައި)
300ގ ޗީޒް (ގާނާފައި)
1 ދަޅު މަސް
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ކެބެޖް (ކުދިކޮށް ކޮށާފައި)
3 ފޮތި ޕާން
3 ސައިސަމުސާ ފުށް
1 ލޮނުމެދު (ގާނާފައި)
ލޮނު (ރަހަ ހެޔޮވަރުވާ ވަރަށް)
އަސޭމިރުސް (ރަހަ ހެޔޮވަރުވާ ވަރަށް)
ފާރޮށިކުނޑި
ފެން
ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ތަވަޔަކަށް ކުޑަ ތެޔޮފޮދެއް އަޅާލުމަށްފަހު ފިޔާ ހިކަނދިފަތް ލޮނުމެދު އަދި މިރުސްކޮޅު އަޅާލުމަށްފަހު މޯޅިކޮށްލާށެވެ.
އަލުވި، ޗީޒް، ކެބެޖް، އަސޭމިރުސް، އަދި މަސްކޮޅު އެއްކޮށް، ވަޅޯކޮށްލި ފިޔާކޮޅާއެކު މޮޑެލާށެވެ.
ޕާން ފޮތިތަކުގެ މައްޗަށް ފެންފޮދެއް އަޅައި ރަނގަޅަށް ފޯވުމުން ފެން ފެލާލުމަށްފަހު ކުރިން މޮޑުނު ތަކެއްޗާއެއްކޮށް މޮޑެލައި ލޮނުރަހަ ހެޔޮވަރުކޮށްލާށެވެ.
މޮޑުނު މަސްގަނޑުން ގުޅަވަށްކޮށްލާ ކަޓްލަސްގެ ސައިޒަށް ގުޅަ ހަދާލާށެވެ.
ފުއްކޮޅު ފެންފޮދެއްގައި ގިރާލުމަށްފަހު، ތައްޔާރުކުރި ގުޅަތަށް ފުށުގެ ތެރެއަށްލައި ނަގައި ބޭރުގައި ރަނގަޅަށް ފާރޮށިކުނޑި ހާކާލާށެވެ. އެއަށްފަހު ތެލުލާނީއެވެ.