ބޭނުންވާނެ ތަކެތި:
500ގ އަލުވި (މަޑުކޮށްފައި)
1 ދަޅު މަސް
6 ބިސް
1 ލީކް (ކުދިކޮށް ކޮށާފައި)
3 ފިޔާ (ކުދިކޮށް ކޮށާފައި)
1 ގިތެޔޮ މިރުސް (ކޮށާފައި)
ޗީޒް (ގާނާފައި)
ލޮނު (ރަހަ ހެޔޮވަރުވާ ވަރަށް)
އަސޭމިރުސް (ރަހަ ހެޔޮވަރުވާ ވަރަށް)
އަޖިނަމޮޓޯ
ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ތަވައަކަށް ތެޔޮފޮދެއް އަޅައި ފިޔާކޮޅު މޯޅިކޮށްލާށެވެ. ފިޔާކޮޅު މޯޅިވީމާ ގިތެޔޮމިރުހާއި ލީކްސް ކޮޅު އަޅައި ވަޅޯކޮށްލާށެވެ. އޭގެ ތެރެއަށް މަސް، އަލުވި، އަޖިނަމޮޓޯ، ލޮނު، އަސޭމިރުސް، އެއްކޮށްލައި ރޯފިލުވާލާށެވެ.
ބިހާއި ޗީޒް ރަނގަޅަށް ގިރާލުމަށްފަހު އޭގެ ތެރެއަށް ރޯފިލުވާފައިވާ މަސްގަނޑު އަޅައި އެއްކޮށްލާށެވެ.
ރަނގަޅަށް ދެބައި އެއްކޮށްލާފައި ތަވައަކަށް އަޅައި ތަވާގައި ޕައި ފިހެލާނީއެވެ.