ރެސިޕީ: ޕިއްޒާ ރޯލްސް

ރެސިޕީ: ޕިއްޒާ ރޯލްސް

Author
admin
24 އޭޕްރިލް 2021 10:45
0

ބޭނުންވާނެ ތަކެތި:

250ގ ފުށް
1 ސައިސަމުސާ ހިކިކިރު
1 މޭޒުމަތީ ސަމުސާ ބަޓަރު
1 ސައިސަމުސާ ހަކުރު
2 ސައިސަމުސާ އީސްޓް
ތާފަނާ ފެން
1 ދަޅު މަސް
2 ފިޔާ (ހިމުންކޮށް ކޮށާފައި)
1 ޖޯޑު ޕީލްޑް ޓޮމާޓޯ
1/2 ސައިސަމުސާ އަޖިނަމޮޓޯ
މުގުރި އަސޭމިރުސް (ރަހަ ހެޔޮވަރުވާ ވަރަށް)
ލޮނުކޮޅެއް (ރަހަ ހެޔޮވަރުވާ ވަރަށް)
1 ޖޯޑު ޗީޒް ( ގާނާފައި)

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށްގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ފުށްކޮޅާއި، އީސްޓް، ބަޓަރު، ކިރު، ހަކުރުކޮޅު އެއްކޮށްލައި ތާފަނާފެންފޮދެއް އަޅައި ފުށްގަނޑު ރަނގަޅަށް މޮޑެލާފައި މަތިބަންދުކޮށްފައި ބާއްވާށެވެ.

ތަވައެއްގައި ތެޔޮފޮދެއް އަޅައި ފިޔާކޮޅު މޯޅިކޮށްލާށެވެ. ފިޔާކޮޅު މޯޅިވީމާ އޭގެތެރެއަށް މަސް، ޕީލްޑް ޓޮމާޓޯ، އަޖިނަމޮޓޯ، އަޅައި ލޮނާއި އަސޭމިރުހުން ރަހަ ހެޔޮވަރުކޮށްލުމަށްފަހު، މަސްގަނޑު ރަނގަޅަށް ރޯފިލުވާލާނީއެވެ.

ތައްޔާރުކޮށްފައިވާ ފުށްގަނޑު 4 ގުޅައަށް ބައިކޮށްލާފައި، ކޮންމެ ފުއްގުޅައެއް ދަމާލާފައި މައްޗަށް މަސްގަނޑުއަޅައި ފަތުރާލާށެވެ. އޭގެމައްޗަށް ޗީޒް އެޅުމަށްފަހު ފުއްގަނޑު އޮޅާލާށެވެ.

މަސްގަނޑު އަޅައި އޮޅާލާފައިވާ ފުށްގަނޑު ބައި އިންޗި ހުންނަވަރަށް ބުރިބުރި ކޮށްލާށެވެ.

ޓްރޭއެއްގައި ބަޓަރުކޮޅެއް އުނގުޅާލުމަށްފަހު ޕިއްޒާ ރޯލްސްތައް އަތުރާލައި އަވަނުން ރަނގަޅަށް ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.