ރެސިޕީ: ބްރެޑް ރޯލްސް

ރެސިޕީ: ބްރެޑް ރޯލްސް

Author
admin
23 އޭޕްރިލް 2021 09:59
0

ބޭނުންވާނެ ތަކެތި:

1 ޕާން (ބޮޑު)
2 ދަޅު މަސް
1 ފިޔާ (ހިމުންކޮށް ކޮށާފައި)
1/2 ގިތެޔޮމިރުސް
އަސޭމިރުސް (ރަހަ ހެޔޮވަރުވާ ވަރަށް)
2 ސަމުސާ ބަޓަރު
ލޮނު (ރަހަ ހެޔޮވަރުވާ ވަރަށް)

 

ތައްޔާރުކުރާނެ ގޮތް:

1 ހިމުންކޮށް ކޮށާފައިހުރި ފިޔާކޮޅު ބަޓަރުކޮޅުގައި ރަތްކޮށްލާށެވެ. ފިޔާ ރަތްވުމުން ގިތެޔޮމިރުސްކޮޅު އަޅައި ހަނާކޮށްލުމަށްފަހު މަސްކޮޅު އަޅާލައި ލޮނާއި އަސޭމިރުސް އަޅައި ރަހަ ހެޔޮވަރުކޮށްލުމަށްފަހު ރަނގަޅަށް ހަނާކޮށްލާށެވެ.
2 ޕާންފޮތީގެ ކައިރި ކެފުމަށްފަހު، ރޮށިދަމާއެއްޗަކުން ފާންފޮތިތައް ކުޑަކޮށް ދަމާލާށެވެ.
3 ކޮންމެ ޕާންފޮއްޗަކަށް ތައްޔާރުކޮށްފައިވާ މަސްގަނޑުން މަސްކޮޅެއް އެޅުމަށްފަހު، އޮޅާލާށެވެ. އަދި ޓޫތުޕިކް ބޭނުންކޮށްގެން، ނުނިއުޅޭގޮތަށް ހައްޔަރުކޮށްލާށެވެ.
4 ޕާންފޮތިތަކަށް މަސްލައި އޮޅައި ނިމުމުން، ޓްރޭއެއްގައި އަތުރާލުމަށްފަހު މަޑު މުށިކުލަ އަރަންދެން ރޯލްސްތައް އަވަނުން ފިހެލާށެވެ. އަވަން އެންމެ ރަނގަޅީ 160 ޑިގްރީ ސެލްޝިއަސްގައި ބެހެއްޓުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.