ރެސިޕީ: މެގްނަމް ޕުޑިން

ރެސިޕީ: މެގްނަމް ޕުޑިން

Author
admin
22 އޭޕްރިލް 2021 10:21
0

ބޭނުންވާނެ ތަކެތި:

1 ބޮނޑި މާރީ ބިސްކޯދު
2 ބިސް
4 މޭޒުމަތީސަމުސާ ކޯން ފްލަރ
1 ދަޅު ގެރިކިރު
1 ޕެކެޓު ފުލްކްރީމް ކިރު
1 މޭޒުމަތީސަމުސާ ބަޓަރު
150ގ ޑާކް ނުވަތަ މިލްކް ޗޮކުލެޓް

 

ތައްޔާރުކުރާނެ ގޮތް:

1. ބިސް، ގެރިކިރު، ކޯންފްލަރ އަދި ބަޓަރު މިކްސަރަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.
2. ތެއްޔަކަށް ފުލް ކްރީމް ކިރު އެޅުމަށްފަހު ހޫނު ވަންދެން ކައްކާށެވެ.
3. ދެން މިކްސަރުގައިވާ ތަކެތި ހޫނުކުރި ކިރަށް އެޅުމަށްފަހު އޮލަވަންދެން ރަނގަޅަށް ކައްކާށެވެ.
4. ޓްރޭ އެއްގައި އޭގެ ފޫ ފޮރުވޭ ވަރަށް މާރީ ބިސްކޯދު އަތުރާލާށެވެ. އަދި އޭގެ މައްޗައް ކައްކާފައިހުރި ކްރީމްގަނޑު، ބިސްކޯދުތައް ފޮރުވޭވަރަށް ބައެއް އެޅުމަށްފަހު 4 ނުވަތަ 5 ފަށަލަ ވަންދެން ތަކުރާރު ކުރާށެވެ.
5. މައްޗަށް ޑާކު ޗޮކުލެޓް ނުވަތަ މިލްކު ޗޮކުލެޓް ގާނާލާށެވެ. އަދި ފްރިޖުގައި 2 ގަޑި އިރު ވަންދެން ބަހައްޓާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.