ޒުވާނުން ބިނާކުރުމަށް އެންމެ ގިނަ މަސައްކަތެއްކުރަނީ މިސަރުކާރުން: ނައިބު ރައީސް

ޒުވާނުން ބިނާކުރުމަށް އެންމެ ގިނަ މަސައްކަތެއްކުރަނީ މިސަރުކާރުން: ނައިބު ރައީސް

Author
މުޙައްމަދު ޖިމީ
19 އޮކްޓޯބަރ 2020 11:39
0

ދިވެހި ޒުވާނުންނަކީ އުފެއްދުންތެރި މަސައްކަތްތެރިބަޔަކަށް ހެދުމަށް މިހާތަނަށް ދުވަހަކުވެސް މަސައްކަތްކޮށްފައިނުވާ މިންވަރަށް މިސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިމާމު ސެޓިފިކެޓް އަދި ޑިޕްލޮމާ ކޯސް ފެށުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި މިސަރުކާރުގެ ސިޔާސަތަކީ އެމީހަކު މަސައްކަތްކުރަން ޚިޔާރުކުރާ އަދި އެމީހަކު ބޭނުންވާ ކޮންމެ ދާއިރާއަކުން އެމީހަކަށް ކުރއިަށްދެވޭނެ މަގު ފަހިކޮށްދިނުންކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ޒުވާނުންނަކީ މަސައްކަތްތެރި، އުފެއްދުންތެރި އަދި ޤައުމަށް ބޭނުންތެރި، އަމިއްލަ ދިރިއުޅުމެއް ބިނާކޮށް އެހެން މީހުންނަށް ބަރޯސާވުން ކުޑަ ދިރިއުޅުމެއް އުލޭވޭ ބަޔަކަށް ހެދުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިހާރުގެ ސަރުކާރު ފެށުމާއެކު މީގެ ކުރިން ދުވަހަކުވެސް މިދާއިރާއިން ނުކުރާހާ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަަމށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

މިފަދަ ފުރުސަތުތައް ލިބޭހިނދު އެންމެ ހެޔޮ ބޭނުން، އެންމެ ހެޔޮ ފައިދާ ކުރަނިވިގޮަތަށް ބޭނުން ހިއްޕަވާށޭ. މިފެންނަނީ މިސަރުކާރުން، ޒުވާނުންގެ އަޚްލަާގު ރަނގަޅުކުރުމަށް، ރައްޔިތުންގެ އުޅުން ރަނގަޅުކުރުމަށް، އަޅުގަނޑުމެންނަކީ މުސްލިމުންގެ ގޮތުގައި، އަދި ދީނާ ކައިރި ބައެއްގެ ގޮތުގައި ތިބެގެން މަސައްކަތްކުރެވޭތޯ.

ރައީސުލްޖުމްހޫރއިްޔާގެ ނާއިބު 

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ރާއްޖޭގައި މިވަގުތު ހުރި މަދު ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންހިފާ ރަނގަޅު ނަތީޖާއެއް ހޯދުމަށް ޒުވާނުންނަށް އިލްތިމާސްކުރެއްވިއެވެ. އެގޮތުން އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހައިން ތަޢުލީމްގެ ފުރުޞަތު ލިބޭގޮތަށް ފަހިކުރުންޖެހޭކަމަށާއި، ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް ޒުވާނުންގެ ތެރޭގައިހުރި މައްސަލަތައް ހައްލުކުރުމުގެ އެންމެ އިސް ވާޖިބަކީ ތަޢުލީމް އުނގަންނައިދީ ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިމާމުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.