ރެސިޕީ: ގުލޫޓެން ފްރީ ޕިއްޒާ

ރެސިޕީ: ގުލޫޓެން ފްރީ ޕިއްޒާ

Author
ޢަލީ އާދަމް
15 އޭޕްރިލް 2021 07:41
0

ބޭނުންވާނެ ތަކެތި:

1 ކިލޯ ފުއް (ގުލޫޓެން އަދި ލެކްޓޯސް ފުރީ)

100 އެމްއެލް ތަރުކާރީ ތެޔޮ

20 ގ ޔީސްޓް

ލޮނު އަދި ފެން

 

ތައްޔާރުކުރާނެ ގޮތް:

  1. ބޭނުންވާ ހުރިހާތަކެތި އަޅައިގެން ފުށްގަނޑު ތައްޔާރު ކުރާނީއެވެ. މެޝިނުން ފުށްގަނޑު މޮޑޭނަމަ ފުލެޓް ބީޓަރ އެއްބޭނުން ކޮއްގެން 1 ވަނަ ސްޕީޑުގައި 3 މިނެޓް ވަންދެން ބެހެއްޓުމައްފަހު މީޑިއަމް ސްޕީޑްގައި 3 މިނެޓް ވަންދެން އެއްކޮއްލާނީ އެވެ.
  2. ފުށްގަނޑު ރެސްޓުކުރަން ނުބަހައްޓައި، 200ގ ހުންނަވަރައް ފުއްގަނޑު ގުޅަޖަހާލާށެވެ. އެއަށްފަހު 28 ސެންޓިމީޓަރު ހުންނަވަރުގެ ވަށް ޓްރޭއެއްގެ ތޭރޭގައި ފުށްގަނޑު ފަތުރާލާނީއެވެ. (ފެން ފޮދަކުން އަތް ތެންމާލުމަށްފަހު، ތެތް އަތުން ފުށްގަނޑު ޓްރޭގައި ފަތުރާލަން ފަސޭހަވާނެއެވެ.)
  3. ޓޮޕިންސް އެޅުމުގެ ކުރިން 35 ޑިގްރީ ސެލްސިއަސްގައި 25 މިނެޓް ވަންދެން ފިހެލާނީއެވެ. އެއަށްފަހު ބޭނުންވާ ޓޮޕިންސް އެޅުމައްފަހު 230 ޑިގްރީ ސެލްސިއަސްގައި 20 މިނެޓް ވަންދެން ފިހެލުމައްފަހު އަވަނުން ނަގާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.