ރެސިޕީ: އާމަންޑް ފުރައިޑް ޗިކަން

ރެސިޕީ: އާމަންޑް ފުރައިޑް ޗިކަން

ބޭނުންވާނެ ތަކެތި:

20ގ މަޝްރޫމް

500ގ ބޯންލެސް ޗިކަން

4 މޭޒުމަތީ ސަމްސާ ލައިޓް ސޮއިސޯސް

1 ބިހުގެ ލޮނދި

ލޮނު

އަސޭމިރުސް ޕައުޑަރ

150ގ އާމަންޑުސް

1 ފިޔާ (ބޮޑު)

1 އިންޗި ހުންނަވަރުގެ އިނގުރު

3 ސައިސަމްސާ ކޯންފުލާރ

 

ތައްޔާރުކުރާނެ ގޮތް:

  1. ކުކުޅުތައް ރަނގަޅައް ފިނިކަން ކެނޑުމުން ކުދިކޮށް (ބައިޓް ސައިޒަށް) ކޮށާލާނީ، އެއައްފަހު ސޮއިސޯސް، ކުކުޅުބިހުގެ ލޮނދި، ލޮނު، އަސޭމިރުސް، 2 މޭޒުމަތީ ސަމްސާ ތެޔޮއަޅައި 15-20 މިނެޓް ވަންދެން ކުކުޅުތައް މެރިނޭޓް ކުރަން ބަހައްޓާނީއެވެ.
  2. ހޫނުފެނުގެ ތެރެއަށް އާމަންޑްސް އަޅާލާފައި 1-2 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ނަގާފައި ފިނިފެންފޮދެއްގެ ތެރޭގައި ބަހައްޓައިގެން އާމަންޑްސް ތަކުގެ ތޮށިނޮޅާލާފައި، ހިއްކާލާށެވެ.
  3. ފިޔާ ސާފު ކުރުމައްފު ކުދިކޮއް (ޑައިސް) ކޮށާލާށެވެ. އަދި އިނގުރު ވަރަށް ފައިންކޮށް ޗޮޕްކޮއްލާށެވެ. ދެން މަޝްރޫމްތައް މެދުން ފަޅާލާނީއެވެ.
  4. ތަވަޔައް 2 މޭޒުމަތީ ސަމްސާ ތެޔޮ އަޅާ ހޫނުކޮށްލާށެވެ. ތެޔޮގަނޑު ރަނގަޅައް ހޫނުވުމުން އާމަންޑްސްތައް ގޯލްޑެން ބުރައުން ކުލަ އަރަންދެން ހަނާކޮއްލާށެވެ. އެއައްފަހު އާމަންޑްސްތައް ނަގައި ޓިޝޫއެއްމަތީ ހިއްކަން ބަހައްޓާނީއެވެ.
  5. ކުކުޅުތައް މެރިނޭޑްގެ ތެރެއިން ނަގާ ރަނގަޅައް ހިއްކާލާށެވެ. (މެރިނޭޑް ސޯސް އުކާނުލާ ބަހައްޓާ) އެއައްފަހު، ފަހަރަކު އެންމެ އެތިކޮޅެއް ތަވަޔަށް އަޅަމުން ތެލުލަމުން ގެންދާށެވެ. މުށިކުލަ އަރަންދެ ތެލުލުމަށްފަހު ތަވައިން ނަގާފައި ބަހައްޓާށެވެ.
  6. ބާކީހުރި ތެޔޮފޮދު ތަވަޔަށް އެޅުމަށްފަހު، ފިޔާ އަދި އިނގުރުކޮޅު 2 މިނެޓްވަންދެން ފުރައި ކޮށްލުމަށްފަހު މަޝްރޫމްތައް އަޅާލާށެވެ.
  7. ކޯންފުލަރ ތެރެއަށް، މެރިނޭޑް ސޯސް އަދި ފެންފޮދެއް އަޅައި އެއްކޮއްލުމައްފަހު ތަވާތެރެއަށް އަޅާލާށެވެ. ރަނގަޅަށް ކެކެން ފެށުމުން ކުކުޅު އަދި އާމަންޑްސް އަޅައި 1-2 މިނެޓް ވަންދެން ކެއްކުމައްފަހު، އުނދުންމަތިން ބާލާށެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *