ރެސިޕީ: އާފަލު ޗީޒްކޭކް

ރެސިޕީ: އާފަލު ޗީޒްކޭކް

ބޭނުންވާނެ ތަކެތި:

ޓަޓިން ސްޓައިލް އާފަލު

100ގ ފެހި އާފަލު

50ގ ހަކުރު

¼ ސަމްސާ ވެނީލާ އެސެންސް

50ގ އަންސޯލްޑެޑް ބަޓަރ

 

މަސްކަޕޯނެ މޫސް

100ގ ކްރީމް ޗީޒް

10ގ ހަކުރު

100ގ ވިޕް ކްރީމް

1ގ ޖެލެޓިން

¼ ސަމްސާ ވެނީލާ އެސެންސް

 

ސްޕެކަލޯސް ބިސްކޯދު

100ގ އަންސޯލްޑެޑް ބަޓަރ

70ގ ހަކުރު (ބުރައުން)

70ގ މުސްކަވާޑޯ ހަކުރު

25ގ ކުކުޅުބިސް (ހޯލް އެގްސް)

200ގ ގޮދަން ފުށް

1ގ އަންސޯލްޑެޑް ބަޓަރ

3ގ ބޭކިން ޕައުޑަރ

2ގ ސިނަމަން ޕައުޑަރ

އާފަލު ކުރިސްޕް

¼ ފެހި އާފަލު

100ގ ހަކުރު

100މލ ފެން

 

ތައްޔާރުކުރާނެ ގޮތް

ޓަޓިން ސްޓައިލް އާފަލު – އާފަލުތައް ކުދިކޮއް ކޮށާލުމަށްފަހު، ބަޓަރުކޮޅު ރަނގަޅަށް މެލްޓްވީމައި، އޭގެ ތެރެއަށް ހަކުރު، ވެނީލާ އަދި އާފަލު އެޅުމައްފަހު ގޯލްޑެން ކުލަ އަރަންދެން ފްރައި ކޮއްލާށެވެ. އާފަލުކޮޅު ތައްޔާރުވުމުން އެހެން ތައްޓަކައް އަޅާލާށެވެ.

މަސްކަޕޯނެ މޫސް – ފިނި ފެންފޮދެއްގެ ތެރެއައް ޖެލެޓިން އެޅުމައްފަހު ޖެލެޓިން މަޑު ވަންދެން ބަހައްޓާށެވެ. ހަކުރު އަދި ވެނީލާ އަޅައިގެން ކްރީމް ޗީޒް ބީޓްކޮށްލާށެެވެ. ދެން ވިޕްކްރީމް ރަނގަޅަށް ވިޕްވުމުން ކްރީމްކޮޅު އެހެން ޕޮޓަކައް އެޅުމައްފަހު އުނދުންމަތީގައި ހޫނުކޮށްލާނީއެވެ. ކްރީމް ރަނގަޅަށް ހޫނުވުމުން އުނދުން މަތިން ބޭލުމަށްފަހު، މަޑު ވަންދެން ބެހެއްޓި ޖެލެޓިންކޮޅު ކްރީމްގަނޑާ އެއްކޮށްލާނީ އެވެ. އެއަށްފަހު، ކްރީމްޗީޒްއަޅާފައި ދޭފަތަކުން ރަނގަޅައް އެއްކޮށްލާށެވެ.

ސްޕެކަލޯސް ބިސްކޯދު – ބަޓަރކޮޅު މަޑު ކްރީމްކޮޅަކަށް ވަންދެން ބީޓްކޮށްލުމަށްފަހު، ބިސް، ހަކުރު، ފުށް، ލޮނު، ބޭކިންޕައުޑަރ އަދި ސިނަމަންއަޅާ އެއްކޮށްލާށެވެ. އެއައްފަހު ފުށްގަނޑު ސިލިކޯން މެޓެއްމަތީ ފަތުރާލުމައްފަހު 170 ޑިގްރީ ސެލްސިއަސްގައި ފިހެލާނީއެވެ.

އާފަލު ކުރިސްޕް  – ޝްގަރ ސިރަޕް ހެދުމަށް، ފެންފޮދުގެ ތެރެއައް ހަކުރުކޮޅުއަޅާ ރަންގަޅަށް އެއްކޮއްލާނީއެވެ. އެއަށްފަހު ބައިގަޑިއިރުވަންދެން ޝްގަރ ސިރަޕް ތެރޭގައި އާފަލުކޮޅު ބަހައްޓާށެވެ. ދެން ސިރަޕްގަނޑުތެރެއިން އާފަލުކޮޅު ނެގުމަންފަހު 90 ޑިގްރީ ސެލްސިއަސްގައި އެއްގަޑިއިރު ވަންދެން އަވަނުގައި ފިހެލާނީއެވެ.

އެސެމްބުލްކުރާނެ ގޮތް – ތައްޔާރުކުރި ކެރަމަލް ސޯސްކޮޅު ޓުރޭއެއްގެ ތެރެއަށް އަޅާލާށެވެ. ދެން ޕައިޕިންގ ބޭގެއް ބޭނުންކޮއްގެން ކުރީމް ޗީޒް ލޭޔަރއެއް އަޅާނީއެވެ. އެއައްފަހު ސްޕެކަލޯސް ކްރަމްބްސް މައްޗައްއަޅާލާފައި އަނެއްކާވެސް ކުރީމް ޗީޒް ލޭޔަރއެއް އަޅައި އޭގެ މައްޗަށް އާފަލު ކްރިސްޕްއަޅާލާނީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *