އިއްޔެ މުޅި ދުނިޔޭގައިވެސް ފާހަގަކުރީ ބައިނަލްއަޤްވާމީ ސިއްހަތު ދުވަހެވެ. މިފަދަ ދުވަހަކާ ގުޅުވައިގެން ނަމަވެސް ސިއްހަތަށް ފައިދާ ވާނެ ކޮންމެވެސް ކަމެއް ކުރުމަކީ އާދައަކަށް ހެދުން ކިހިނެތް ވާނެ ތޯއެވެ؟
އަހަރެމެއްނަށް ނޭނގި ނަމަވެސް އާންމުކޮށް ކުރެވޭ ސިއްހަތަށް ގެއްލުންހުރި ކަންކަން ބަލައި ރަނގަޅު ކުރަން މިއީވެސް ހަމަ އެންމެ މުނާސަބު ވަގުތެކެވެ.
އެގޮތުން މި ފަހަރު ބަލާލާނީ އަހަރުމެން އާންމު ދިރިއުޅުމުގައި މަސްއޫލުވެގެން އުޅޭއިރު ކުރެވޭ ސިއްހަތަށް ނޭދެވޭ އަސަރު ކުރުވާ ކަންކަމަށެވެ.

ބަނޑުހައި ނުވާ ގަނޑީގައިވެސް ކުދި ކުދި ކާ އެއްޗެހި ކެއުމަކީ ނޭގި ނަމަވެސް އަހަރެމެނަށް ކުރެވޭ ނޭދެވޭ ކަމެކެވެ. އެގޮތުން މިކަން ތަކުރާރު ކުރެވޭނަމަ އަހަރެމެންގެ ހަށިގަނޑުގައި އާންމުކޮށް ބަޑުހައި ހޫނުކަން ފިލުވާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އަދި މިކަމުގެ ސަބަބުން ހިތުގެ މައްސަލަ، ހަކުރު ބަލި ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެގެންދެ އެވެ.
އަހަރެމެންނަށް އެންމެ ބޮޑަށް އިހުމާލުވެވޭ އެކައްޗަކީ އަހަރެމެންގެ ހަށިގަނޑެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ކަސްރަތު ނުކުރެވުމަކީ މީގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަސްރަތު ނުކުރެވުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބުމުގައި ހުރަސްތަކެއް ކުރިމަތި ވެއެވެ. އަދި ހެލިފެލިވެ އުޅެން އުދަނގޫ ވުމުގެ އިތުރުން ވަރަށް ގިނަ ބަލިތައް ޖެހުމަށް މަގުފަހިވެގެން ދެއެވެ.

މާގިނައިން ކެއުމަކީ ވެސް އަހަރުމެންގެ ހަށިގަނޑަށް ވަރަށް ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ. އެގޮތުން ހަށިގަނޑު ބަރުހެލިވުމުގެ އިތުރުން ނުރައްކާތެރި އެތައް ބައްޔެއް ޖެހުމަށް މަގު ފަހިވެގެންދެއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ހިތުގެ މައްސަލަތަކެވެ.
ބޭކާރު ޚަރަދު ކުރުމަކީ ވެސް ސިއްހަތާ ބޮޑު ގުޅުމެއް އޮތް ކަމެކެވެ. ބޭކާރު ޚަރަދު ނުވަތަ ބޭނުންވާ ވަރަށް ވުރެ އިތުރަށް ޚަރަދު ކުރެވުމުގެ ސަބަބުން މީހާގެ ކަންބޮޑުވުން އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން ނިދަން އުދަގޫވުން، "އިންފްލެމޭޓް" ވުން ހިމެނެއެވެ. އެހެންކަމުން އަބަދުވެސް ޚަރަދު ކުރެވޭ މިންވަރު ބަލާ ހިތްހަމަ ޖެހިގެން އުޅޭވޭތޯ މަސައްކަތް ކުރަމާތޯއެވެ.

މިފަދަ ކުދިކުދި ކަންކަން ހުއްޓާލުމަށްފަހު ސިއްހަތަށް ފައިދާ ހުރި ކަންކަން ކުރެވޭތޯ ބަލާށެވެ. އެގޮތުން ކޮންމެދުވަހަކު އާދަވެގެން ކުރާ ކަސްރަތެއް ކުރުން، ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން ނުވަތަ ހިތްހަމަޖެހުން ލިއްބައިދޭފަދަ ކުޅިވަރެއް ކުޅުން ފަދަ ކަންކަން ކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ