އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްލާއިލްއަށް އަމާޒުކޮށް ރައީސް ނަޝީދު ދެއްވާ އިންޒާރުތަކާއި، ބަހުގެ ހަަމަލާތައް ހޫނުވެ ދެބޭފުޅުންވެސް ވަރުގަދަ ރައްދު ތަކެއް ދެއްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދު ވަނީ ޕާޓީގެ ރައީސަށް ހުންނަވައިގެން ވަރަށް ހުތުރުކޮށް ފައްޔާޒުއަށް ނިސްބަތްކޮށް ވާހަކަ ދައްކަވާފައެވެ. ފައްޔާޒަށް ނިސްބަތްކޮށް ތަކުރާރަުކޮށް ނަޝީދު ކުރައްވާ "ވަގު" ތުހުމަތު ތަކާއި ގުޅިގެން މިނިސްޓަރ ފައްޔާޒު ވަނީ ރޭ ހޫނު ރައްދު ތަަކެއް ރައީސް ނަޝީދަށް ދެއްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒް އިސްމާއީލް ފޮރުވަން ކުރާ މަސައްކަތުން ރައީސް "ހަލާކު" ވާނެ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރައްވަނީ ފައްޔާޒު މަގާމުން ދުރުކުރުމަށް އެމަނިކުފާނު އެކި ގޮތްގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސް ސޯލިހު ހުރަސް އަޅުއްވަމުން ގެންދަވާ ގެންދިއުމަށް އަދި ފައްޔާޒު ދިފާއު ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ކަމަށް ބެލެވެއެވެ.
ފައްޔާޒު ވިދާޅުވަނީ މިމސެޖަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އޭނާ "ފޮރުވަން" ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ހުދުމުހުތާރު ނިޒާމެއް އޮތް ނޯތުކޮރެއާއަށް އިޝާރާތް ކޮށް ވިދާޅުވީ ރާއްޖޭގައި ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށެވެ.
އެ ވާހަަކަ ދައްކަވަނިކޮށް ފައްޔާޒު އެ ވާހަކައިގެ ތެރެއަށް ވެދެވަޑައިގެން ވިދާޅުވީ ހިނގާށޭ ވައްކަމުގެ ވާހަކަ ރަނގަޅަށް ދައްކައިލަން، އާއްމުންގެ ކުރިމަތީގައި، ފައްޔާޒުގެ އެ ޗެލެންޖް ވަގުތުން ގަބޫލުުކުރައްވައި ނަޝީދު އެދިވަޑައިގެންނެވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ލައިވް ޕްރޮގްރާމަކަށް ދެ ބޭފުޅުން މާދަމާ އެރުއްވުމަށެވެ.
ފައްޔާޒުވެސް ވިދާޅުވީ ރައްޔިތުން ކުރިމަތީ އެ ވާހަކަ ދެއްކެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް ފައްޔާޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތަށް އަމަލު ކުރައްވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ފައްޔާޒަކީ ރައީސް ނަޝީދަށް މިސަރުކާރުގެ ތެރޭގައި ބޭނުން ގޮތަކަށް ކަންކަން ކުރުމަށް ކުރިމަތިވާ އެންމެބޮޑު ހުރަސްކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ރައީސް ނަޝީދު ގެންނަން މަސައްކަތް ކުރައްވާ ބަރުލަމާނީ ނިޒާމުގެ އެންމެބޮޑު ހުރަހަކީވެސް މިނިސްޓަރ ފައްޔާޒުކަމަށް ގިނަބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ