ޅ.ހިންނަވަރުން ކުއްލި ގޮތަކަށް ހާލުދެރަވެގެން ނައިފަރު ހޮސްޕިަޓަލަށް ގެންދިޔަ މިހާއަށް ފަރުވާ ދެމުންދަނިކޮށް، ނިޔާވުމާއިގުޅިގެން ކޯވިޑަށް ނެގި ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ނިޔާވެފައި ވަނީ އުމުރުން 63 އަހަރުގެ ފިރިހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ ނޭވާލާން އުނދަގޫވެގެން ނައިފަރަށް ގެންގޮސް، ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ހިންނަވަރަށް އަރައި ފޭބުން މަނާކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހިންނަވަރުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ރޯގާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން ހާމަކުރެއެވެ.
ހިންނަވަރަށް އަރާއި ފޭބުން މަނާކުރިއިރު މިވަގުތު އެއަތޮޅު ނައިފަރާއި ފެލިވަރު ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. ރާއްޖޭގައި މިވަގުތު ކޯވިޑް-19 ގެ ބިރުވެރިކަން ބޮޑުވެފައި ވަނީ ބައެއް ރަށްރަށުގައެވެ. އެގޮތުން މިވަގުތު 10 އަށްވުރެ ގިނަ ރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކޯވިޑް-19 ގެ ހާލަތު ވަރަށް ގޯސްވެފައިވާ ޅ.އަތޮޅުގައި ދަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ހުމާއި ރޯގާ ހަލުވިކަމާއިއެކު ފެތުރެމުންނެވެ.
ކޮމެންޓު ފޮނުވާ