އޮކްޓޫބަރު ނޮވެމްބަރުގައި އޭލެވެލް އިމްތިޙާނު ހެދުމުގެ ފުރުސަތު ހުޅުވާލައިފި

އޮކްޓޫބަރު ނޮވެމްބަރުގައި އޭލެވެލް އިމްތިޙާނު ހެދުމުގެ ފުރުސަތު ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2021 09:01
0

މިއަހަރުގެ އޭޕްރީލް މަހާއި މެއި މަހުގައި ބާއްވާ އޭލެވެލްއާއި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ދަރިވަރުން އޮކްޓޫބަރާއި ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހު ފަށާ އޭ ލެވެލް އަދި އޭ އެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑު 12 ގެ ދަރިވަރުން ބޭނުންނަމަ މިހާރު ހުށަހަޅާފައިވާ ފޯމު ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެއަށްފަހު އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި އޮންނަ އޭ ލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތުދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އޭލެވެލްއާއި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ދަރިވަރުން އޮކްޓޫބަރާއި ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވާން ބޭނުންވާނަމަ ފޯމް އަނބުރާ ނެގުމުގެ ފުރުޞަތު ވަނީހުޅުވާލާފައެވެ. ފޯމު އަނބުރާ ނަގަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ދަރިވަރަކު ކިޔަވާ ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އެންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގަވާފައެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ މިއަހަރުގެ މެއިމަހާއި ޖޫންމަހުގައި ކުރިން ބާއްވަން ނިންމި އިމްތިޙާން އަންނަމަހުގެ 26ގައި ބޭއްވުމަށް އެޑެކްސަލްއިން ނިންމުމާ ގުޅިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭޕްރީލްމަހާއި މެއިމަހުގެ އިމްތިހާނުގެ ނަތީޖާއަށް ކަމަށެވެ.

އެޑެކްސެލް އިމްތިހާނު ހެދުމަށް އިތުރު އިހުތިޔާރެއް ދިން ނަމަވެސް، މިހާރު ހަމަޖައްސާފައިވާ ގޮތަށް އެޗްއެސްސީ އިމްތިހާނު އޮންނާނެ އެވެ. އެ އިމްތިހާނު އަންނަނީ ޖޫން 13-17އާ ދެމެދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.