ޅ.ނައިފަރުގައި ކޯވިޑް-19 ގެ ހާލަތު ގޯސްވެ، ނައިފަރު މޮނިޓަރިންގައި އޮތުމުން އެރަށުގެ ރައްޔިތުންނަށް ކޯވިޑް-19 ގެ ހާލަތުގައި ބޭނުންވާ ސާމަނު ޕީޕީއެމް ނައިފަރު ދާއިރާގެ ފަރާތުން ހަދިޔާކޮށްފިއެވެ.
ޕީޕީއެމްގެ ނައިފަރު ދާއިރާގެ ރައްޔިތުންގެ ފަރާތުން ހަދިޔާކުރި ސާމާނުގެ ތެރޭގައި މިހާލަތަށް އެންމެ ބޭނުންވާ ކޯވިޑުން ރައްކާތެރިވުމުގެ އާލާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި 2،250 މާސްކާއި، 600 އަންގިއާއި، 325 ފޭސް ޝިލްޑުގެ އިތުރުން 50، ޕީޕީއީ ކިޓް ހިމެނެއެވެ. މިތަކެތި ފޯރުކޮށް ދެއްވުމުގެ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެއްވާފައިވަނި ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.
ނައިފަރާއި، އަދި ޖެހިގެން އޮތް މަސްވެރިކަމުގެ ސިނާއަތުގެ އުރުތުގެ މައިހަބު ކަމުގައިވާ ފެލިވަރުގައި ކޯވިޑްގެ ކޭސްތައް އިތުރުވެ ރައްޔިތުން ތިބީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައެވެ.
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްވެސް ހުންނެވީ ކޯވިޑަށް ޕޮޒިޓިވްވެ، ކަރަންޓީނުގައެވެ. ނަމަވެސް ގޭގައި ހުންނަވައިގެންވެސް ޝިޔާމް ގެންދަވަނީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ސާމާނު ފޯރުކޮށް ދެއްވުމުގައާއި، ބޭނުންވާ ކަންކަން ފަހިކޮށް ދެއްވުމަށް ކުރަންޖެހޭ މަސައްކަތް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅައިގެން ހަމަޖައްސަވަމުންނެވެ.
ކޮމެންޓު ފޮނުވާ