ޚަބަރު އޮންލައިން ޕޯލް: ޖެހި ޖެހިގެން ދެވަނަ ހަފްތާގައިވެސް ބޮޑުތަފާތަކުން މުއިއްޒު ކުރިހޯއްދަވައިފި

ޚަބަރު އޮންލައިން ޕޯލް: ޖެހި ޖެހިގެން ދެވަނަ ހަފްތާގައިވެސް ބޮޑުތަފާތަކުން މުއިއްޒު ކުރިހޯއްދަވައިފި

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2021 08:26
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި އާންމުންގެ ޚިޔާލް ހޯދުމަށް ޖެހި ޖެހިގެން ދެވަނަ ހަފްތާގައިވެސް ބޮޑު ތަފާތަކުން މާލެ ސިޓީއަށް އިދިކޮޅު ކޯލިޝަން ޓިކެޓްގައި ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު ކާމިޔާބު ކުރަައްވައިފިއެވެ.

ޚަބަރު އޮންލައިނުން މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ފާއިތުވެދިތަ ތިން ހަފްތާގައިވެސް ވަނީ ޕޯލްއެއް ނަގާފައެވެ. ތިން ހަފްތާގެ ޕޯލްއިން އެންމެ ފަހުގެ ދެ ޕޯލް ކާމިޔާބު ކުރެއްވީ ޑރ.މުއިއްޒުއެވެ. ޚަބަރު އޮންލައިނުން ގެނެސްދިން ފުރަތަމަ ޕޯލް ކާމިޔާބު ކުރެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ އަލްހާން ފަހުމީއެވެ.

ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުގެ މަޤާމަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ތިން ކެންޑިޑޭޓުންގެ މެދުގައި ނެގުނު މިވޯޓު މާލެ ސިޓީ ކައުންސިލަށް ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކުމިޔާބު ކުރެއްވީ 56 އިންސައްތަ ވޯޓުންނެވެ. މުއިއްޒުއާއި އެންމެ ގާތުން ވާދަ ކުރެއްވީ އެންމެ ފުރަތަމަ ހަފްތާގެ ޕޯލް ކާމިޔާބު ކުރެއްވި މިނިވަން ކެންޑިޑޭޓް އަލްހާން ފަހުމީއެވެ. އަލްހާން ފަހުމީ އަށް ލިބިވަޑައިގެންނެވީ 41 އިންސައްތަ ވޯޓުންނެވެ. މި ޕޯލްގައި އެމްޑީޕީގެ ކެނޑިޑޭޓު އަނަސް ލިބިވަޑައިގެންފައިވަނީ ވޯޓުލީ މީހުންގެ 1 އިންސައްތަ ވޯޓެވެ. މީގެއިން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރާކަމަށް 2 އިންސައްތަ މީހުން ވޯދު ދީފައިވެއެވެ. މިޕޯލްގައި ޖުމްލަ 5،639 މީހުން ވޯޓު ދީފައިވެއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮވެ، އެއް ކެންޑިޑޭޓުން އަނެއް ކެންޑިޑޭޓުންނަށް ސޯޝަލް މީޑިޔާގައާއި، ޕާޓީތަކުގެ ޖަލްސާތަކުގައި ދަނީ ރައްދު ދެއްވަމުންނެވެ. އެންމެބޮޑަށް ބަހުސް ކުރެވެމުންދަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުންނެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ޕާޓީއަކާއި ގުޅޭގޮތުން އާންމު ޚިޔާލު ހުރިގޮތް ބެލުމަށް ޚަބަރު އޮންލައިނުންވަނީ މީގެ ކުރިން ޕޯލްއެއް ގެނެސްދީފައެވެ. އެ ޕޯލް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަ އިދިކޮޅު ޕީޕީއެމް އިންނެވެ. އެ ޕޯލްގެ ނަތީޖާއިން ޕޯލުން ދައްކާ ގޮތުން އިދިކޮޅު ޕީޕީއެމް އަށްވަނީ 74.5 އިންސައްތަ ވޯޓު ލިބިފައެވެ. ސަރުކާރު ހިންގައި މައިޕާޓީ އެމްޑީޕީ އަށް ލިބިފައިވަނީ 25 އިންސައްތަ ވޯޓެވެ. ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 0.5 އިންސަތަ ވޯޓެވެ. އެ ޕޯލްގައި 7,843 މީހުން ވޯޓު ދީފައިވެއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނުރަބޯ
މީގައި ހަމަ އެއްމެ ރަގަޅުވާނީ ޑރ މުޢިއްޒު ހޮވުމެވެ. އަލްހާނަކީ މީގެ ކުރިން މަޖްލިހުގެ މެންބަރ ކަމުގެ ގޮނޑި ވެސް އެމްޑީޕީ އަށް ވިއްކާލާ، ރީނދޫ ޓައީ އެޅި މީހެކެވެ. ވީމާ އޭނާއަކަށް އިތުބާރެއް ނެތެވެ.