ފ.ބިލެތްދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
300 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާ ގޮތަށް މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ 8,292,714.64 (އަށްމިލިއަން ދެލައްކަ ނުވަދިހަދެހާސް ހަތްސަތޭކަ ސާދަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) އަށް، އިނޯކާ ޕްރައިވެޓް ލިމިޓެޑްއާއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒް. އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝަމީމް.
އަތޮޅުތެރޭގެ ސްކޫލުތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެޑިއުކެޝަން މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ