ދޮންބިލެތް، އަކްރަމަށް: މިނިވަންކަމަށް ޖަލުގައި ހަޔާތް ހޭދަކުރި މީހެއް ސިފަތިކުރީ ވަރަށް ހަޔާތްކުޑަކޮށް 

ދޮންބިލެތް، އަކްރަމަށް: މިނިވަންކަމަށް ޖަލުގައި ހަޔާތް ހޭދަކުރި މީހެއް ސިފަތިކުރީ ވަރަށް ހަޔާތްކުޑަކޮށް 

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2021 03:36
0

ރާއްޖޭގެ މިނިވަންކަމަށްޓަކައި މުޅި ޚަޔާތް ޖަލުގައި ހޭދަކުރެއްވި މީހެއް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ސިފަ ކުރައްވަފައިވަނީ ވަރަށް ހަޔާތްކުޑަކޮށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ނޯތު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް އަމާޒުކޮށް އަކްރަމް ކަމާލުއްދީން، ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި އެމްޑީޕީ ޕީޖީ ގްރޫޕްގައި ހަލީމް ވިދާޅުވީ މިއީ ވަރަށް ހަޔާތްކުޑަ ޓްވީޓެއް ކަމަށެވެ. ރައީސް ނަޝީދަކީ ރާއްޖޭގެ މިނިވަންކަމަށް ނުހަނު ބޮޑު ގުރުބާނީއެއް ވެފައިވާ މީހަކަށްވާއިރު، މިފަދަ ޓްވީޓެއް ރައީސް ނަޝީދަށް އަމާޒުކޮށް ކުރެއްވުމަކީ ވަރަށް ލަދު ހަޔާތް ކުޑަކަމެއްކަމަށެވެ.

ވަރަށް ހަޔާތްކުޑަ ޓްވީޓް. މުޅި މީހާގެ ހަޔާތެއް މިޤައުމުގައި މިނިވަންކަން ހޯދަން ޖަލުގައި ވޭތުކުރި މީހެއް ސިފަކުރައްވާފަ އޮއިގޮތަކީ ވަރަށް ހަޔާތްކުޑަ ގޮތެއް.

– ދޮންބިލެތް ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމެވުމާއި ގުޅިގެން އެމްޑީީގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އެގޮތުން ރައީސް ނަޝިދު ފާޅުގައި ސަރުކާރަށް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މިސަރުކާރަށް ނިސްބަތްކުރައްވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއީ ވައްކަން ކުރާ ސަރުކާރެއްކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝިދުގެ ވާހަކަފުޅުތަކާއި ގުޅޭގޮތުން ވަކި ބޭފުޅެއްގެ ނަން އަމާޒުނުކުރައްވާ އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުތުރު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށެވެ. އަކްރަމް މިހެން ވިދާޅުވެފައިވާއިރު، އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން އަކީ ދުނިޔޭގެ އެންމެ ޚުދުމުހުތާރުކޮށް ވެރިކަން ކުރާ ލީޑަރުގެ ގޮތުގެ ދުނިޔެ ސިފަކުރައްވާ ބޭފުޅެކެވެ.

އުތުރު ކޮރެއާއާއި އަޅާކިއުއްވާ އަކްރަމް ފާޑުވިދާޅުވިއިރު، އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ގެންގުޅުއްވާ ބައެއް ސިޔާސަތުތަކަށް އެޕާޓިގެ ބައެއް މެންބަރުން ފާޑު ވިދާޅުވަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިލެތްބެ
ދޮންބިލެތަށްވުރެވެސްތަ؟