މަޝްވަރާ ކުރުމެއްނެތި އެޑެކްސެލް އިން ގެނައި ބަދަލާއިއެކު އޭލެވެލް އިމްތިޙާނު އަންނަމަހު

މަޝްވަރާ ކުރުމެއްނެތި އެޑެކްސެލް އިން ގެނައި ބަދަލާއިއެކު އޭލެވެލް އިމްތިޙާނު އަންނަމަހު

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2021 08:21
0

އެޑެކްސެލް އޭލެވެލް އިމްތިޙާނު މިހާރު ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަމަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މެއި މަހާއި ޖޫން މަހު ބޭއްވުމަށް ކުރިން ހަމަޖެއްސި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ތާވަލަށް އެޑެކްސެލްއިން ބަދަލު ގެނެސްފައިވުމާއެކު މިހާރު އެއިމްތިޙާނު ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 26 ވަނަ ދުވަހުއެވެ.

މިބަދަލު ގެނެސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނާ ކުރިން މަޝްވަރާކުރުމެއްނެތިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކުރިން ތާވަލްކުރި ތަރީޚަށް އިމްތިޙާނު ބޭވުމަށް އެޑެކްސަލްއާއެކު ކުރި މަޝްވަރާތަކަށް އަލިމަގެއް ފެނިފައިނުވާކަމަށެވެ.

އޭލެވެލް އިމްތިޙާނު ބާވާ ތާރީޚަށް ބަދަލު ގެނައުމާގުޅިގެން އެޗްއެސްސީ އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާން ނިމޭތާ އެއްމަސް ފަހުންނެވެ. މިގޮތުން ޖޫންމަހުގެ 13އިން 17އަށް އެޗް.އެސްސީ އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކުރިން އޭލެވެލް އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ މެއި މަހުގެ 5ވަނަ ދުވަހުއެވެ. އަދި އެއިމްތިޙާނު ނިމޭނީ ޖޫން މަހުގެ 17 އަށެވެ. އޭލެވެލް އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމުމާގުޅިގެން މިމަހުގެ 11 ދުވަހުގެ ނިޔަލަށް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް އެޕްލިކޭޝަންތައް ހުށައަޅަން ހުޅުވާލިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.