އެމްޑީޕީ އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި ޝުއައިބު ޑރ.މުއިއްޒު ކެމްޕެއިންގައި

އެމްޑީޕީ އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި ޝުއައިބު ޑރ.މުއިއްޒު ކެމްޕެއިންގައި

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2021 08:12
0

އެމްޑީޕީ އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި ޝުއައިބު ޑރ.މުއިއްޒު ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވާ ފަށައިފިއެވެ.

ޝުއައިބަކީ އެމްޑީޕީ އުފެއްދުމަށް ކޮޅުބުނގައި އެންމެ ފުރަތަމަ ފެށި މަސައްކަތުގައިވެސް އިސްދައުރެއް އަދާކުރައްވަފައިބޭ ފުޅެކެވެ. ޝުއައިބަކީ މާލެ ސިޓީގެ ރައްޔިތުންނަށް މިސަރުކާރުން ވެފައިވާ ބޯހިޔާ ވަހިކަމުގެ ވައުދު ނުފުއްދާތީ އެންމެ ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވި އެއްބޭފުޅާއެވެ. ޝުއައިބުގެ ފާޑުކިޔުންތަކާއި ގުޅިގެން އޭނާވަނީ ޕާޓީން ސަސްޕެންޑްކޮށް އެލި އަދަބުތައް ދީފައެވެ.

ކައުންސިލް އިންތިޚާބު ބޯމަތިވިއިރުވެސް ސަރުކާރުން މާލޭ ރައްޔިތުންނަށް ވެފައިވާ ބޯހިޔާ ވަހިކަމުގެ ވައުދު ނުފުއްދައި އިންތިޚާބާއި ކުރިމަތިލުމުން ގިނަ ބައެއްގެ ފާޑިކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ޝުއައިބް މީގެ ކުރިންވެސް ވިދާޅުވެފައިވަނީ އޭނާ މިއިންތިޚާބުގައި ތާއީދު ކުރާނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަސައްކަތް ކޮށްދެއްވާނެ ކެނޑިޑޭޓަކަށް ކަމަށެވެ.

ޝުއައިބުވަނީ ރޭ ޑރ.މުއިއްޒުގެ ކެމްޕެއިން ޓީމާއި ބައްދަލުކޮށް ކެމްޕެއިންގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ފަށާފައެވެ.

އެމްޑީޕީގެ އާންމު ގިނަ މެމްބަރުން، ޚާއްސަކޮށް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ މިއަދު އެމްޑީޕީއާއި ފެޔަށް ޖެހެމުންދާއިރު މިމައްސަލަތައް ހައްލު ކުރުމަށް އެމްޑީޕީ ތެރެއިން މާބޮޑު މަަސައްކަތްތަކެއް ކުރެވިގެންދާ ތަނެއް ނުފެނެއެވެ.

އެމްޑީޕީއަކީ އާންމު މެމްބަރުންގެ ރޫހު ވަރުގަދަ ސިޔާސީ ގޮތުން ބަދަހި ޕާޓީއެއްކަމަށް މާޒީން ފެނިގެން ދިޔަ ނަމަވެސް ވެރިކަން ލިބުމާއިއެކު މިއަދު ފެނިގެންދަނީ ޕާޓީ ތެރެއިން ބައިބައި ވުމާއި، މާޔޫސްކަމާއި، ހިތްނުތަވަސް ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަޗީ
ދިވެހިރާއްޖޭގައި ދިރިއުޅޭ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ އެއިރެއްގައި އޮތް ސަރުކާރެއްގެ މައްޗަށްވާ ވާޖިބެއް.