ނަމުން ޑިމޮކްރަޓިކް ތާޖު އަޅައިގެން ހިނގިޔަސް ރައްޔިތުން މިއަދަކު ނުހެއްލޭނެ

ނަމުން ޑިމޮކްރަޓިކް ތާޖު އަޅައިގެން ހިނގިޔަސް ރައްޔިތުން މިއަދަކު ނުހެއްލޭނެ

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2021 06:13
0

ކޮންމެ އިންތިޚާބަކާއި ދިމާކޮށް ނަމުން ޑިމޮކްރަޓިކް ތަކިހާ އަޅައިގެން ހިނގާ މީހުން ދައްކާ ވަހަކަތާއި، ވަމުންދާ ކުލަނުޖެހޭ ވައުދުތަކަށް ރައްޔިތުން މިއަދަކު ނުހެއްލޭކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާ މީހުންގެ އަމަލުތައް ހުންނަ ގޮތާއި، އަދި ވަކިން ޚާއްސަކޮށް އިންތިޚާބުތަކާއި ދިމާކޮށް ގޭގެއަށް ވަދެ ރައްޔިތުންނަށް ހެޔޮ އެދޭބައެއްކަމަށް ހެދިގެން އުޅޭ މީހުންނަށް އަމާޒުކޮށް ޝައިޚު އިލްޔާސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެފަދަ މީހުންގެ މަގުސަދާއި ބޭނުމަކީ ކޮބައިކަން މިއަދު ދިވެހި ރައްޔިތުންނަށް ސާފުވާނެކަމަށެވެ.

ނަމުން ޑިމޮކްރަސީ ކިޔައިގެން ކޮރަޕްޝަނާއި، ފަސާދައަށް ޖާގަ ދެއްވައި، ވޯޓާއި ދިމާކޮށް ގޭގެއަށް ވަދެ ކުނިކަހައި އެދު ތަންމަތި އަޅައި ހަދަނުންދަނީ ހަމައެކަނި އިންތިޚާބުގެ ބޭނުމުގައިކަމަށް އިލްޔާސް ވިދާޅުވިއެވެ.

ކޮންމެ އިންތިޚާބަކާއި ދިމާކޮށް ތިމަންނާއަކީ ރައްޔިތުންގެ މީހެއް ކަމަށް ދައްކަން، ކޮރަޕްޝަން އާއި ދެކޮޅަށް، ޑިމޮކްރަޓިކް މީހެއް ކަމުގެ ތާޖު އަޅަން، ގޭޭގޭގެ ކުނި ކަހައިދީ އެނދު ތަންމަތި އަޅައިދީ، މޮޅެތި ވާހަކަ ދައްކާ މީހުންގެ ދަޅައަށް ރައްޔިތުން މިހާރު ނުހެއްލޭނެ. އަލްހަމްދު ލިއްލާހި.

– ޝައިޚު އިލްޔާސް ހުސެއިން ވިދާޅުވިއެވެ.

ޝައިޚު އިލިޔާސް މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ އެމްޑީޕީގެ ރައީސް މުހަައްމަދު ނަޝީދަށް އަމާޒުކޮށްކަމަށް މި ޓްވީޓަށް ރައްދު ދީފައިވާ މީހުންގެ ޓްވީޓުތަކާއި، އަދި ސިޔަސީ މަސްރަހުން މިވަގުތު ފެންނަމުންދާ މަންޒަރުތަކުން ހާމަވެއެވެ. ރައީސް ނަޝީދު ގެންދަވަނީ ކައުންސިލް ކެމްޕެއިން އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ގޭގެއަށް ވަޑައިގެން ވޯޓު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރައީސް ނަޝީދު މިގޮތަށް ވަޑައިގަންނަވާއިރު ބައެއް ގޭގޭގައި ކުނި ކަހާ މަންޒަރާއި، އެދު އެޅުންފަދަ ކަންކަން ކުރާ މަންޒަރު ފެންނަ ފޮޓޯތައްވެސް ދައުރުވަމުންދާކަން ފާހަގަކޮށްލެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކޮއި
ކޮންމެ އިންތިޚާބަކާ ދިމާކޮއް ގޭކުރިމަތީ ކުނިކަހާދިނަސް މިޔަދު އެކުނިކާދެނީ ރައްޔަތުންނައް ހެޔޮހޮތަކުން ނޫންކަން މިޔަދު ރައްޔިތުންނަށް އެގޭނެ އެމްޑީޕީ މިއުޅެނީ ރައްޔިތުންނައް ހެޔޮއޭކައް ނޫންކަން މަކާހީލަތުން މަށަކީ ރައްޔަތުން ވަރައްލޯބިވާ މީހެކޭކިޔައިގެން ރައްޔަތުންގެ ބޯކާލަންވެގެން މިހާދެނެން ރައްޔަތުންގެ ބޮލަކައްނޭރޭނެ މަށަކީމިހާ މޮޅުމީހެކޭ ކިފާއެދުވަސްހިގައްޖެ މިހާރު އެބުނާހިތްތަކުގެ ރައީސްގެ އަގުވެއްޓިޖެ