ފުލުހުންގެ ކޮންމެ ޢަމަލަކަށް ޖަވާބުދާރީ ވާންޖެހޭނެކަން ދަންނަންޖެހޭނެ: އުއްތަމަ ފަނޑިޔާރު

ފުލުހުންގެ ކޮންމެ ޢަމަލަކަށް ޖަވާބުދާރީ ވާންޖެހޭނެކަން ދަންނަންޖެހޭނެ: އުއްތަމަ ފަނޑިޔާރު

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2021 11:44
0

ފުލުހުންގެ ކޮންމެ ޢަމަލަކަށް ޖަވާބުދާރީ ވާންޖެހޭނެކަން ދަންނަންޖެހޭނެ ކަމުގައި  އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ދަށުން ފުލުހުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުވާ ލައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ކައިރިން ދެވޭ ޚިދުމަތަކަށް ވާންޖެހޭކަމަށެވެ. ޤާނޫނުގެ ތެރެއިން ފުލުހުންނަށް ލިބިދޭ ބާރުތަކާއި އިޚްތިޔާރުތަކުގެ ބޭނުން ކުރަންވާނީ އެކަމުގައި އޮންނަ ޚުދޫދުގެ ތެރެއިންކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލަންޖެހޭ ރައްޔިތުންގެ ޚާދިނުމުންކަން އަބަދުވެސް ހަނދާންކޮށް ފުލުހުން އެމަސައްކަތް ކުރަންވާނެ. އަދި މަޤާމުގެ ގޮތުން ކޮންމެ ފުލުހަކަށް ލިބިގެންވާ ބާރާއި އިޚްތިޔާރު ބޭނުން ކުރަންވާނީ އޭގެ ޚުދޫދޫގެ ތެރެއިން ހިފަހައްޓަންޖެހެ މިންގަނޑުތަކާއި އެއްގޮތަށް. ހަމައެއާއިއެކު ތަޢައްސުބުން އެއްކިބާވެތިބެ ފަރުވާތެރިކަމާއިއެކު ޒިންމާ އަދާކުރުމަކީ އަބަދުމުގެ ކަންކުރަންޖެހޭނެ ކަމެއްކަން ދަނެ. ފުލުނުންގެ ކޮންމެ އަމަލަކަށްވެސް ޖަވާބުދާރީ ވާންޖެހޭނެކަން ދަންނަވްވާނެ.

– އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ އާ ޤާނޫނާއިއިކު ލާމަރުކަޒީ އުސޫލުން ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުސަތު ފުލުހުންގެ މުވައްސަސާއަށް ވަރަށް ބޮޑަށް ތަނަވަސް ވެގެންދާ ކަމަށެވެ. އަދި މިއާއިއެކު 21 ވަނަ ގަރުނުގައި ފުލުހުންނަށް ލިބިދޭންޖެހޭ އެންމެހައި ޤާނޫނީ ބާރުވެރިކަމާއި ހިމާޔަތްވެސް މި ޤާނޫނުގެ ތެރެއިން ލިބިދީފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައު ޤާނޫނަށް އަމަލު ކުރަން ފެށުމާއިއެކު ރާއްޖޭގެ ހަމަޖެހުމާއި، ސަލާމަތްތެރިކަން ކަށަވަރު ވެގެންދާނެކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ޤާއިމްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާންކަން ޤާއިމްކުރުމަށް ފުލުހުންގެ ޚިދުމަތަށް ގެންނަވާ ބަދަލު އަންނާނެކަމަށާއި،  ޤާނޫނާއިއެކު ދިވެހި ފުލުހުންގެ ޚިދުމަތަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ އައު ޤާނޫނާއެކު ފުލުހުންގެ ރޭންކުތަކަށްވެސް ބަދަލު އަންނާނެއެވެ. އެގޮތުން ފުލުހުންގެ ރޭންކުތަކުގެ ޢަދަދު 15 އިން 11 އަށް މަދުވާނެއެވެ. ކޮންމެއަކަސް ފުލުހުންގެ އައު ޤާނޫނަށް މިއަދު ޢަމަލުކުރެވެން ފެށުމާއެކު ފުލުހުންގެ ޚިދުމަތަށް ބަދަލުތަކެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.