ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުރި މީހެއްވެސް އެމީހަކު ކުރާ ހުވައިގެ މަތީގައި ތެދުވެރިކަމާއިއެކު ދެމިހުންނަން ޖެހޭކަމަށާއި، ހުވަޔާއި ޚިލާފުވުމަކީ އޭގެ ސަބަބުން ބޮޑެތި އުގޫބާތުތައް ލިބިގެންދާނެކަމެއްކަން ދަންނެޖެހޭ ކަމުގައި ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ދަށުން ފުލުހުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކޮށްގެންތިއްބެވި ހުވަޔަކީ މާތްﷲ ގަންދީ ކޮށްގެން ތިބި ހުވަޔަކަށްވާއިރު ހުވަޔާއި ޚިލާފްވުމަކީ އޭގައިން ބޮޑެތި އަދަބުތަކެއް ލިބިގެންދާނެ ކަމެއްކަމަށެވެ. އަދި ހުވަޔާއިއެކު ރައްޔިތުންނާއި އެންމެ ގާތުން ޚިދުމަތްދޭ ބަޔަކީ ފުުހުންނަށްވާއިރު، ކުރައްވާ ހުވައިގެ މަތީގައި ސާބިތުކަމާއިއެކު ދެމިތިއްބެވުމަށް ނާއިބް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނާއިބް ރައީސް ވިދާޅުވީ އާޤާނޫނުގެ ފުލުހުންގެ މުއައްސަސާއަށާއި، ދިވެހި ރައްޔިތުންނަށް ބޮޑެ ހިތްހަމަޖެހުމެއް ލިބޭނެކަމަށެވެ. ނާއިބް ނާއިބް ރައީސް ވިދާޅުވީ ފުރިހަމަ ޤާނޫނެއް އޮތުމުން މަޤްސަދުހާސިލްނުވާނެކަމަށެވެ. އަދި ޤާނޫނުގައިވާ ގޮތަށް އަމަލުތައް ބަހެއްޓުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ފުލުހުންގެ އެންމެ މުހިންމު ވާޖިބަކީ އިސްލާމްދީނާއި، ދިވެހިންގެ މަސްލަހަތާއި ޤާނޫނު އަސާސީގެ މަސްދަރުތައް ހިމާޔަތްކޮށް، އަމާން ވެއްޓެއް ގާއިމްކޮށްދިނުންކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
އިޖުތިމާއީ މައްސަލަތަކަށް ފުލުހުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ، މަސްތުވާތަކެތ، ޖިންސީ ފުރައްސާރަ، ވައްކަމާއި ފޭރުންވަނީ އިތުރުވެފަ. މިއަދު މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ. މިޤައުމުގެ މަސްލަތަކަކީ ވަކި އާއިލާތަކަށް ވަކި މީހަކަށް ނިސްބަތްވާ މައްސަަތަކެއްނޫން. އެއީ މުޅި ޤައުމަށް ހުރި މައްސަކަތަކެއް. އެކަން ހައްލުކޮށް އަމާންވެއްޓެން ގާއިމްކޮށް ދިނުމުގައި ފުލުންގެ ދައުރު ބޮޑު.
– ނާއިބް ރައީސް ވިދާޅުވިއެވެ.
ނާއިބް ރައީސް ވިދާޅުވީ ފުލުހުން އެކަނި ކުރާ މަސައްކަތުން މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެކަމަށެވެ. އެކަން ކުރެވޭނީ މުޅި މުޖުތަމައުގެ އެއްބާރުލުން ލިބިގެންކަމަށެވެ. ވެށިގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވައި ފިޔަވަޅު އެޅޭނީ ހުރިހާ ރައްޔިތުން އެކައްޗެއް ކިޔައިގެން އެއް އަމާޒަކަށް ދިއުމަށް މަސައްކަތް ކޮށްގެން ކަމުގައި ނާއިބް ރައީސް ވިދާޅުވިއެވެ.
އަދި އިސްލާމްދީން އެންމެބޮޑަށް ބާރުއަޅަނީ އަދުލުވެރިވުމަށް ކަމަށްވާއިރު ކޮންމެ މީހަކާއިމެދުވެސް އަދުލުވެރިކަމާއިއެކު އިންސާފުގެ ތެރެއިން އަމަލު ކުރުމަކީ ކޮންމެ ހެން އިސްކުރަންޖެހޭ ކަމެއްކަމަށްވެސް ނާއިބް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ