މަޑުއްވަރީ ރޭޕް ހާދިސާއާއި ގުޅިގެން މުއައްސަސާތަކުން އަމަލުކުރާގޮތް ބަލަނީ

މަޑުއްވަރީ ރޭޕް ހާދިސާއާއި ގުޅިގެން މުއައްސަސާތަކުން އަމަލުކުރާގޮތް ބަލަނީ

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2021 07:20
0

ރ.މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ހާދިސާއާ ގުޅިގެން ދައުލަތުގެ މުއަައްސަސާތަކުން މަސައްކަތްކުރަމުންދާ ގޮތް އެޗްއާރުސީމްއެމް އިން ބަލަމުންދާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

މަޑުއްވަރީގައި ޢުމުރުން14 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލިފައި ވާއިރު، އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް އެރަށު މީހުން ކުރެއެވެ. ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިމަހުގެ 03 ވަނަ ދުވަހު އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މިމައްސަލާގައި ރޭޕްކުރި މީހުން ހައްޔަރުކުރުމަށް ގޮވާލަމުންދިޔަ މީހުންގެ ތެރެއިން 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލައާއި ގުޅިގެން އެޗްއާރުސީއެމް ބުނެފައިވަނީ މެދު ރާއްޖެތެރޭ ރަށެއްގައި ހިނގި، ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރުމުގެ ހާދިސާއާ ގުޅިގެން ދައުލަތުގެ މުއަައްސަސާތަކުން މަސައްކަތްކުރަމުންދާ ގޮތް ބެލުމަށްޓަކާ އެކަމާ ގުޅުންހުރި މައުލޫމާތު ހޯދާ މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރަދަނާކޮށް ދައުލަތުގެ މުއައްސަސާތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށްވެސް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ މިފަދަ ބަދަލުތައްވީ އެންމެ އަވަހަށް ގެނައުމަށްޓަކާ ދައުލަތުގެ މުއައްސަސާތަކަށް ލަފާދީ އެކަންކަން ތަންފީޒު ވަމުންދާ މިންވަރު ދެނެގަތުމުގެ މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އެޗްއާރުސީއެމްއިން ވަނީ ދެއްވާފައެވެ.

މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖު ހޫނުވެ ޕޮލިސް ސްޓޭޝަނަށްވެސް ވަނީ ގެއްލުން ދީފައެވެ. އަދި މަޑުއްވަރީ ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފަޔާޒް
ދިވެހިރާއްޖޭގެ ހިނގާކުޑަކުދީން ރޭޕުކުރުމާއި ބޮޑެތި ގަތުލުއާއްމު.ބޮޑެތި ވައްކަމާއި.ފޭރުން ގިނަވަމުން ދަނީ ހުރިހާބާރަކާއި ކޮޅުން ނުލާވަރުގެ ބޮޑެތި އިނާޔަތް ދީފައި ތިބޭބައެށްގެ އިހުމާލުން ކަމާއި މެދު ދެބަސް ވެވޭކައް ތަނެށް ނެށް.
V Visna
Varah gina rahrashu aanmu kameh miy fiyavalhualhanjehey .