މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް، ބައެއް މީހުން ހައްޔަރުކޮށްފި

މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް، ބައެއް މީހުން ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2021 06:10
0

އިދިކޮޅު ކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގައި ގިނަ އަދަދެގެ ފުލުހުން މަގުތަކަށް ނިކުމެ މުޒާހަރާ ހުއްޓުވަން ކުރި މަސައްކަތުގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާވެ، ބައެއް މީހުން ހައްޔަރުކޮށްފިއެވެ.

މުޒާހަރާ ތެރެއިން މިއަދުވެސް ހައްޔަރުކުރި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ އާންުކޮށް އިދިކޮޅު މުޒާހަރާތަކުން ހައްޔަރު ކުރަމުންދާ މީހުންނެވެ. މިއަދުވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މުޒާހަރާ ކޮންޓްރޯލްކޮށް މަގުތަކަށް ނުނިކުމެވޭނެހެން ފުލުހުން ހުރަސް އެޅިނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއިއެކު މުޒާހަރާ އަދިވެސް ބައެއް މަގުތަކުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

މުޒާހަރާގައި މިވަގު އިސްކޮށް ތިއްބެވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މާލޭގެ އެކި މަގުތަކުގައި ޝުއޫރު ފާޅުކޮށް އިދިކޮޅު ކުރަމުންދާ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ ވެހިކަލްތަކުގައި މުޒާހަރާގެ ބައިވެރިންނާއި އެކި ސަރަހައްދަކުން ހުރަސް އަޅަމުންނެވެ.

މިއަދުގެމުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ އަދަދެއް މިހާތަނަށް އަދި ޔަގީނެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.