މަޑުއްވަރީގައި 14 އަހަރު ކުއްޖަކު ރޭޕްކުރި މައްސަލާގައި، ރޭޕްކުރި މީހުން ހައްޔަރުކޮށް، އެކަމާއި ދެކޮޅަށް އަޑު އުފުލި މީހުންގެ ތެރެއިން ހައްޔަރު ކުރި މީހުން މިހާރު މިހާރަށް ދޫކޮށްލުމަށް ގޮވާލައި އެރަށުގައި މުޒާހަރާ ކުރަމުން އެބަދެއެވެ.
މުޒާހަރާގެ ބައިވެރިވަނީ އެތަށު ބަނދަރު މަތީގައި ހުންނަ ފުލުހުންގެ އިމާރާތުގެ ކައިރިއަށް އެއްވެ، ހައްޔަރުކޮށްފައިވާ ހުށެއްނެތް މީހުން ޫދޫކޮށްލުމަށް ގޮވާލަމުންނެވެ. އަދި އެކަމާއި ދެކޮޅަށް ނިކުމެ ރައްޔިތުން އަޑު އުފުލުމުން ހައްޔަރު ކުރި 10 މީހުން ދޫކޮށްލުމަށް ދަނީ ގޮވާލަމުންނެވެ.
R. Maduvvari gai Rape aai dhekolhah Rayyithun ihuthijaaj kuranee, baiverin govaalamun dhanee ihuthijaaj in hayyaru kuri zuvaanun dhookohllaa aslu kuhveri hayyaru kurumah! #SaynotoRape pic.twitter.com/Aes1qUl40T
— Ahmed Narysh (@ahmed_narysh) March 26, 2021
މި މުޒާހަރާގައި އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިމުންނެވެ.
މަޑުއްވަރީގައި ޢުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލިފައި ވާއިރު، އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް އެރަށު މީހުން ކުރެއެވެ. ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިމަހުގެ 03 ވަނަ ދުވަހު އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖު ހޫނުވެ ޕޮލިސް ސްޓޭޝަނަށްވެސް ވަނީ ގެއްލުން ދީފައެވެ. އަދި މަޑުއްވަރީ ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ، މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހުށަހަޅުއްވައިގެން ބައްލަވައިދެއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ސިޓީއެއްވެސް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ