ކެތްތެރިން ސާފުވަނީ ދެދުނިޔޭގެ ބޮޑު އިމްތިހާނެއް ކުރިމަތިވުުން: އިމްރާން

ކެތްތެރިން ސާފުވަނީ ދެދުނިޔޭގެ ބޮޑު އިމްތިހާނެއް ކުރިމަތިވުުން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2021 05:05
0

ކެތްތެރިން ސާފުވަނީ ދެދުނިޔޭގެ ބޮޑު އިމްތިހާނެއް ކުރިމަތިވުުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިމާވާ އެކި ކަންކަމާއި ކެތްތެރިވުމަށް އިލްތިމާސްކޮށް މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޮންމެ މީހަކީވެސް ބޮޑު ކަމެއް ކުރިމަތިނުވާހާ ހިނދަކު ވަރަށް ކެތްތެރިމީހެއްކަމަށް ގަބޫލު ކުރެވޭކަމަށެވެ. ނަމަވެސް ބޮޑުކަމެއް ދިމާވެ ކެތްރިވާން ޖެހުމުން އެސިފަ ބައެއް މީހުންގެ ކިބައިން ނުފެންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ މީހަކަށްވެސް ކެތްތެރިކަން އިހުސާސު ކުރެވެނީ ދެދުނިޔޭގެ ބޮޑު އިމްތިހާނެއް ކުރިމަތި ވުމުންކަމަށެވެ.

ބޮޑުކަމެއް ކުރިމަތި ނުވާހާ ހިނދަކު ކޮންމެ މީހަކުވެސް ކެތްތެރިއެއް ކަމަށް ހީކުރެވޭ. ނަމަވެސް ހަގީގަތަކީ ކެތްތެރިން ސާފުވަނީ ދެ ދުނިޔޭގެ ބޮޑު އިމްތިހާނެއް ކުރިމަތިވުުން. ކެތްތެރިކަމުގެ ޖަޒާ މަތިވެރި ކުރެވިފައިވަނީ އެހެންވެ.

– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓރަ އިމްރާން ކުރެއްވި ޓްވީޓުގައި ވަކި މީހަކަށް މިކަން އިޝާރަތް ކުރައްވާފައި ނުވާއިރު، އިމްރާންގެ މިވާހަތަކަކީ ރައީސް ޔާމީންއަށް އިޝާރާތްކޮށް ކުރެއްވި ޓްވީޓެއްކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ. ކުރީގެ ރައީސް ޔާމީން ޖަލުން ސަލާމަތްކޮށް ގެއަށް ބަދަލު ކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައެވެ.

މިނިސްޓަރ އިމްރާން ވަނީ ރައީސް ޔާމީން ވެރިކަމުގައި ގިަނ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރައްވާފައެވެ. ނަމަވެސް އޭރުގެ ސަރުކާރުން ވަނީ އިމްރާންގެ އެދުމުގެ މަތީން ގެއަށް ބަދަލުކޮށް ޖަލުހުކުމް ބާތިލް ކުރުމާއި ހަމައަށް ގެއަށް ބަދަލުކޮށް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.