މުޒާހަރާއަށް ޖާގަނުދިނުމަށް ރަޔަޓް ގިޔަރުގަ ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށްނެރެފި

މުޒާހަރާއަށް ޖާގަނުދިނުމަށް ރަޔަޓް ގިޔަރުގަ ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށްނެރެފި

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2021 04:22
0

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި މުޒާހަރާ ކުރުމަށް ސޯސަންމަގު ހަތަރު އަގޮޅި ކަންމައްޗަށް އެއްވުމާއިއެކު ގިނަ އަދަދެއްގެ ރަޔަޓް ގިޔަރުގައި ތިބި ފުލުހުންނެރެ މުޒާހަރާ ކުރިޔަ ނުދީ އެސަރަހައްދުން މީހުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މުޒާހަރާގެ ބައިވެރިން ތިބީ ރަތް ޓީޝާޓާއި، ޤައުމީ ދިދަޔާއި އެކުގައެވެ. މުޒާހަރާގެ ބައިވެރިން މަޖީދީ މަގު ސޯސަން މަގު ކަންމައްޗަށް ނިކުތުމަށް ކުރި މަސައްކަތް ފުލުހުން ވަނީ ހުއްޓުވައި، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ. އެއްވި މީހުން ފަހަތަށް ޖައްސަންއުޅުމުން ބައެއް މީހުން އިބްރާހިމް މިސްކިތުގެ ގޯތި ތެރެއަށް ވަމުން ފުލުުން ވަނީ އެމީހުން މިސްކިތުގެ ގޯތި ތެރެއިން ނެރެ ފަހަތަށް ޖައްސާފައެވެ.

އެއްވި މީހުންނަށް މަޖިދީމަގަށްވެސް އަދި އެނޫން ދިމާލަކަށްވެސް ދިޔަ ނުދީ ފުލުުން ފަނީ ޝިލްޑް ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސަައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.