ބާރުދޫކޮށްލުމުގެ ނަމުގައި މިސްރާބު ޖަހަނީ ޚުދުމުހުތާރު ނިޒާމަކަށް، ޖާގަނުދެއްވާ: ޝުޖާ

ބާރުދޫކޮށްލުމުގެ ނަމުގައި މިސްރާބު ޖަހަނީ ޚުދުމުހުތާރު ނިޒާމަކަށް، ޖާގަނުދެއްވާ: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2021 09:54
0

ކައުންސިލް އިންތިޚާބަށްފަހު މާލަރުކަޒީ ބާރު ރައްޔިތުންނަށް ދޭނެކަމަށް ބުނެ ވައުދުވަމުންދާ މީހުން ދަނީ ޚުދުމިހުތާރު ނިޒާމަކަށް މިސްރާބު ޖަހަމުން ކަމުގައި ހުޅުމާލެ ދާއިރާއަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކަށް އަލި އަޅުވާލައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުންނަށް މިހާ ބޮޑު އަނިޔާދިން ވެރިކަމަށް ތާރީހުގައިވެސް ރައްޔިތުން ނުދެކޭކަމަށެވެ. ލާމަރުކަޒީ ބާރޭ ކިޔައި ވެރިކަމަށް އައި މީހުން ވެރިކަން ކުރަމުންދަނީ ބާރުތައް މުށު ތެރެއަށްލައި ޚުދުމުހުތާރު ވެރިކަމަށް މިސްރާބު ޖަހާފައިވާކަމަށް ޝުޖާ ވިދާޅުވިއެވެ.

ގޭދޮށު މަސްފެކްޓްރީ ނޭޅުނު. އަތޮޅުތަކުގައި ގެވޅު ނެހެދިފައިވާ މީހުންނަށް ދޭން ބުނި ލޯނެއް ނުދެވުނު. މަސްވެރިންނަށް ހަމަ އަގު ހޯދައި ނުދެވުނު.  މިނިވަންވޭޖް ކަނޑައެއް ނޭޅުނު. ކަންސިލްތަކަށް ދޭނަމޭ ބުނި ބަޖެޓް އަދާއި ހަމަޔަށް ލިބުނު ކައުންސިލެއްނެތް. ދަނޑު ގޮވާން ކުރާ މީހުންނަށް ހެދި ޕްލެޓް ފޯމެއް އަދާއި ހަމަޔަށްވެސް ނުފެނޭ. މިސްކަތްތަކުގެ ބިލަށް ބޭނުންވާ ފައިސާ ހޯދަން އަންނަޖެހެނީވެސް މާލެއަށް.

– ޝުޖާ ވިދާޅުވިއެވެ.

ވެފައިވާ އެއްވެސް ވައުދެއް ނުފުއްދުމުން ކައުންސިލް އިންތިޚާބަށްފަހު ކަންކަން ވާނެކަމަށް ބުނެ ދައްކަމުންދާ ދަޅަކަށް ރައްޔިތުން ނުހެއްލުމަށް ޝުޖާ ވަނީ ގޮވާލާފައެވެ. ރައްޔިތުން މިއަދު ތިބީ އެމްޑީޕީގެ ވެރިކަންތަކުގެ ހިތި ތަޖުރިބާ ކޮށްފައިކަމަށާއި، މިފަހަރުގެ އިންތިޚާބުގައި ދިވެހި ރައްޔިތުން އެމްޑީޕީ އިތުރަށް ޓެސްޓް ކުރަން ބޭނުން ނުވާކަމަށެވެ. އަދި އަނިޔާވެރިކަމާއި، ރައްޔިތުންނަށް ލިބިފައިވާ ހިތްދަތިކަމުން އަރައި ގަނެވޭނީ މިއިންތިޚާބު އިނދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރެވިގެންކަމަށް ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ ސިވިލްސާވަންޓުނަކީ ސަރުކާރުން ކުރާ ގޯސްކަންތައްތަކަށް ފާޑުކިޔޭނެ ބައެއްކަމަށެވެ. އޭނާ ވިދާޅުވީ މިސަރުކާރަށް މަސައްކަތް ކޮށްދެއްވަން ތިބި މީހުން އަޅުންނަށް ހެދުމުން ފާޑުވެސް ކިޔާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިސަރުކާރުން ކަންކަން ކުރާގޮތް ސިވިލްސާވަންޓުން ހާމަކޮށް މިވެރިކަމުން އަމަލު ކުރަމުންދާ ނޭއްގާނީ ކަންކަން ހާމަކުރާތަން ފެންނާނެކަމަށެވެ.

ޝުޖާ ވިދާޅުވީ، ސިވިލްސާވަންޓުންނާއި ދިވެހި ހުރިހާ ރައްޔިތުން ރައީސް ޔާމީން މިނިވަންކޮށްގެން ނޫންގޮތަކަށް ޤައުމަށް ހަމަޖެހުން ނުލިބޭނެކަމަށެވެ. އަދި މިޤައުމުގެ މިސްރާބު ހަމަހަމަ އަޅުވައި ޤައުމާއި ރައްޔިތުންނަށް ހެޔޮ މިސްރާބަކަށް ދެވެން އޮތް ހަމައެކަނި މަގަކީ ކައުންސިލް އިންތިބުކަމަށް އޭނާ ވިދާޅުވިއެވެ. އިންތިޚާބުގައި ވޯޓުލާ ދުވަހު ހުރިހާ ރައްޔިތުންވެސް އެދުވަހުގެ މެންދުރުގެ ކުރިން ވޯޓުލައި ނިންމުމަށް ޝުޖާ ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.