މިސަރުކާރުގެ "މުނާފިގުކަން" ވަނީ އިންތިހާއަށް ގޮސްފައި: އާދަމް ޝަރީފް

މިސަރުކާރުގެ "މުނާފިގުކަން" ވަނީ އިންތިހާއަށް ގޮސްފައި: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2021 09:29
0

މިއަދު ވެރިކަން ކުރަމުންދާ ސަރުކާރަކީ "މުނާފިގުކަން" އިންތިހާއަށް ބޮޑު ސަރުކާރެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

"ނުހައްގުން ޖަލުގައި" މިނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވި މިސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ ހުރިހާ ވަދެއް މިއަދު އެކޮޅުކޮޅުންޖެހި މުނާފިގުކަން އިންތިހާއަށް ފެންނަމުންދާކަމަށެވެ. ދޮގާއި މަކަތާއި ހޯލަތުން ވެރިކަން ކުރުމުގެ ސަގާފަތް މިއަދު ވެރިކަމުގެ ތެރޭގައި އަށަގަނެފައިވާކަމަށެވެ. ރޭޕް ކުރުމާއި، ޖިންސީ ފުރައްސާރައާއި، އަދު އުންސާފު ނެތުމާއި، ނުހައްގުން އަނިޔާ ކުރުމާއި، ވައްކަމާއި ފަސާދަވެސް އިންތިހާއަށް ގޮސްފައިވާކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ސިވިލްސާވަންޓުނަށް އެތަކެއް ހައްގެއް ހޯދައި ދޭން ވައުދު ވިިކަމަށެވެ. ނަމަވެސް ވެރިކަން ލިބުމާއިއެކު ސިވިލްސާވަންޓުންގެ ކަސްތޮޅު ބަނދެ، ސިވިލްސާވަންޓުންނަކީ ސަރުކާރުގެ އަޅުންނަށް ހަދާފައިވާކަމަށެވެ. އަދި މިހާރު ހުށަހެޅިގައިވާ އިސްލާހުތަކާއިއެކު ސިވިލްސާވަންޓުންގެ އަނގަބަންދުވެ، އެތައް ހައްގެއް ގެއްލިގެންދާނެކަމަށެވެ.

ސަރުކާރުން ބޭނުންވަނީ ސިވިލްސާވަނުްޓުނަކީ ކަށްވަޅާއި ހަމަޔަށް ދާންދެންވެސް އަނގަބަންދުވެ، ބަސްބުނެގެން ނުވާނެ ބަޔަކަށް ހެދުމަށް ކަމަށެވެ. މިއަދު މިކަންކަން ބަދަލު ކުރެވެން އޮތީ ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއަށް ވޯޓު ދީގެންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ސިވިލްސާވަންޓުގެ ހައްގުތަށް މިހާތަނަށް އެ ބޭފުޅުން ބޭނުންވިގޮތަށް ކަންކަން ފަހިކޮށްދިން ހަމައެކަނި ވެރިކަޔަކީ ރައީސް ޔާމީންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ޤައުމުގައި ހުރިހާ މުނާފިގު ކަންތައްތަކުން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި ދެކޮޅަށް ބޮޑުތަނުން ނޫނެކޭ ބުނެގެންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.