ހޯރަފުށި އެމްޑީޕީ އެމްޕީ މަޢާފަށް އެދި ވަޑައިގެން އިސްތިއުފާ ދެއްވަން ޖެހޭ: މަލީހު

ހޯރަފުށި އެމްޑީޕީ އެމްޕީ މަޢާފަށް އެދި ވަޑައިގެން އިސްތިއުފާ ދެއްވަން ޖެހޭ: މަލީހު

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2021 10:49
0

ސިވިލްސާވަންޓުންނާއި ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަތަކަށް މަޢާފަށް އެދި ވަގުތުން މަޤާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ކުރީގެ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ސިވިލް ސާރވިސް ޤާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި އިޞްލާހަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށާއި، ނުވެސް ލިޔެވޭނެކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ “ފޭސް ލެސް” ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވިދާޅުވިއެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށް ސައްލެ ވަނީ ވިދާޅުވެފައެވެ.

ސައްލެގެ ވާހަތަކާއި ގުޅިގެން މަލީހު ވިދާޅުވީ ސަލީމްގެ މިވާހަތަކާއި ގުޅިގެން އޭނާ ވަގުތުން މަޢާފަށް އެދެދި މަޤާމުން އިސްތިއުފާ ދެއްވަން ޖެހޭކަމަށެވެ. އަދި ސިވިލްސާވަންޓުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކީ ޤާނޫނު އަސާސީއާއި ޚިލާފަށް ވާހަކަތަކެއް ކަމަށާއި، ޤާނޫނާއި ޚިލާފް ވާހަކަ ދައްކައި ޤާނޫނީ ބާރު ކަނޑުވަލުވުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް މަލީހު ވިދާޅުވިއެވެ.

ހޯރަފުށި އެމްޑީޕީ އެމްޕީ މަޢާފަށް އެދި ވަގުތުން އިސްތިއުފާ ދޭންޖެހޭ. 32،000 ސިވިލް ސާވެންޓުން ކަށްވަޅަށް ދާންދަން އަނގައިގަ ޓޭޕު އަޅައިގެން ފޭސްބުކުގަ ކޮމެންޓް ނުކޮށް ތިއްބަވާށޭ ތިޔަ ވިދާޅު ވަނީ މާއްދާ 27 އާއި ޚިލާފަށް. އެއީ މިޤައުމުގެ ތިއްބެވި އެންމެ ތަޢްލީމީ ބޭފުޅުން.

– މަލީހު ވިދާޅުވިއެވެ.

ސައްލެގެ މިވާހަތަކާއި ގުޅިގެން ގިނަބަކު އޭނާއަށް ރައްދު ދެމުންދާއިރު، މިއީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި ޚުދުމުހުތާރު ވެރިކަމެއް ކުރުމަށް ކުރާ މަސައްކަތުގެ ބޮޅެއްކަމަށް ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ސިވިލް ސާރވިސް މުވައްޒަފުންނަށް ޚިޔާލު ފާޅު ނުކުރެވޭނެކަމަށާއި، އެއީ މޫނެއް ނެތް ބައެއްގެ ގޮތުގައި ސިފަކުރައްވާ ސައްލެ ދެއްކި ވާހަކަތަކށް ސިވިލް ސާރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، ސައްލެ ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނާއި އެނޫންވެސް އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް ސައްލެއަށް ފާޑު ވިދާޅުވަމުންނެވެ. މިކަމާއި ގުޅިގެން އެމްޑީޕީންވެސް އަދި ސައްލެވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލބެ
އަދިވެސް ޖެހޭނީ އެމް ޑީޕީ ފަހަތައް އަރަން ތިޔަ ހުރިހާ މަސަލައަކީ ވަޒީ ފާ ގެއްލުމުން އަނގަ ތެލި ދާނެ