މުއިއްޒު އަނެއްކާ މިއަދުވެސް އޭސީސީއަސް ހާޒިރު ކުރަނީ

މުއިއްޒު އަނެއްކާ މިއަދުވެސް އޭސީސީއަސް ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2021 10:13
0

ކުރީގެ ހައުސިން މިނިސްޓަރ އަދި މާލެ ސިޓީ ކައުންސިލަށް އިދިކޮޅު ޕީޕީއެމްއިން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު އޭސސީސީއަށް މިއަދުވެސް ހާޒިރުވުމަށް އަންގައިފިއެވެ.

މުއިއްޒު އޭސީސީއަށް ހާޒިރު ވުމަށް އަންގާފައިވަނީ މިއަދުޔ ހަވީރު 16:00 އަށެވެ. މުއިއްޒު ވަނީ މިމަހުގެ 23 ވަނަދުވަހުވެސް އޭސީއަށް ހާޒިރު ކޮށްފައެވެ. މުއިއްޒު ވިދާޅުވެފައިވަނީ އޭނާ ހާޒިރު ކޮށްފައިވަނީ ސިޔާސީ ކަމެއްގަިއ ކަމަށެވެ. މުއިއްޒު އޭސީސީއަށް މިދިޔަ އަންގާރަ ދުވަހު ހާޒިރުވުމަށް ދެންނެވުމާއި ގުޅިގެން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ ކުރިއަށް ކައުންސިލް އިންތިޚާބުގައި ކެމްޕެއިނަށް ހުރަސް އަޅައި، އަސްލެއްނެތް ދިގުވާހަކަ ފަތުރައި އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިކަމުގައި ހަމަ އެއްވެސް ވަރަކަށް ފަހަތަށް ޖެހުމެއްނެތި ސާބިތުކަމާއިއެކު ހުންނެވިކަަމށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު އޭސީސީއަށް ހާޒިރުކުރި ކުރުމަކީ ސިޔާސީގޮތުން އެކޮމިޝަނުން ކުރިކަމެއްކަމަށް ދޭހަވާގޮތަށް ޑރ.މުޢިއްޒު ވާހަކަ ދައްކާފައިވާކަމަށް ބުނެ އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދިނުމުގައި، ތަޙުޤީޤުތަކަށް ހާޒިރުކުރާ ފަރާތްތަކާއި އެފަދަ ފަރާތްތައް ހާޒިރުކުރާ ދުވަސްތަކުގެ މަޢުލޫމާތަކީ، އާންމު އުސޫލުން ކޮމިޝަނުން ދެމުންދާ މަޢުލޫމާތެއް ނޫންކަމަށެވެ.

އެގޮތުން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައިވަނީ ކޮމިޝަނުން ނޫންކަމަށާއި، އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަޙުޤީޤަށް ހާޒިރުކުރާ ކުރުމަކީ ސިޔާސީ ވަކި ވިސްނުމެއްގައި ކުރާކަމެއްކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތެކެއް ކަމުގައިވެސް އޭސީސީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.