ޤައުމަށް ހެޔޮއެދޭ އެއްވެސް ބޭފުޅަކު ޚިދުމަތްތެރިން ނިކަމެތި ނުކުރާނެ: ޝައިޚު އަލީ ޒާހިރު

ޤައުމަށް ހެޔޮއެދޭ އެއްވެސް ބޭފުޅަކު ޚިދުމަތްތެރިން ނިކަމެތި ނުކުރާނެ: ޝައިޚު އަލީ ޒާހިރު

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2021 08:43
0

ޤައުމަށް ހެޔޮއެދޭ އެއްވެސް ބޭފުޅަކު ޚިދުމަތްތެރިން ނިކަމެތި ނުކުރާނެ ކަމުގައި ޝައިޚު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ސިވިލްސާވިސް މުވައްޒިފުންނާއި ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑިޔުންވަނީ އޭނާއަށް ކުރިމަތިވެފައެވެ. ސައްލެގެ ވާހަތަކަށް އިޝާރާތް ކުރައްވައި ޝައިޚު އަލީ ޒާހިރު ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް އެކި ރޮގު ރޮގުން ޚިދުމަތް ދެއްވާ ބޭފުޅުންނަކީ އެޤައުމެއްގެ އެންމެބޮޑު ރައުސުލްމާލު ކަމަށެވެ. އެބޭފުޅުންގެ އަގު ވައްޓާލައި ޚިދުމަތްތެރި ނިކަމެތި ކޮށްލުމަކީ ޤައުމަށް ހެޔޮއެދޭ އެއްވެސް ބޭފުޅަކު ނުކުރައްވާނެ ކަމެއްކަމަށް އަލީ ޒާހިދު ވިދާޅުވިއެވެ.

ޕްރޮފެޝަނަލް ތަފާތު ދާއިރާ ތަކުގައި މަސައްކަތް ކުރައްވާ ފަންނީ ޚިދުމަތްތެރިންނަކީ ކޮންމެ ޤައުމެއްގައިވެސް ވަރަށް މުހިއްމު ބައެކެވެ. ޤައުމަށް ހެޔޮއެދޭ އެއްވެސް ބޭފުޅަކު ޚިދުމަތްތެރިން ނިކަމެތި ނުކުރާނެއެވެ.

– ޝައިޚު އަލީ ޒާހިރު ވިދާޅުވިއެވެ.

ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށް ސައްލެ ވަނީ އިއްޔެ މަޖިލީހުގައި ވިދާޅުވެފައެވެ. ސިވިލް ސާރވިސް ޤާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި އިޞްލާހަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށާއި، ނުވެސް ލިޔެވޭނެކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ “ފޭސް ލެސް” ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވިދާޅުވިއެވެ.

ސައްލެ މިފަދަ ގޮތަކަށް ވާހަކަ ދެއްކެވިއިރު، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއން ދިވެހި ކޮންމެ ރައްޔިތަކަށް ޚިޔާލް ފާޅު ކުރުމާއި ބަސްބުނުމުގެ ހައްގު ލިބިގެންވެއެވެ. ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކުވެރިއެއް
ފަންކާ އަނބުރާ ސަލީމުވެސް ހަމަވަކަރުގޭ ތައުލީމް ލާދީނީ ފިކުރަށް ތަބާވާތީ ވާކަމެއް ވަރަށްސާފް އިނގޭތޯ