ލަންދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ލަންދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2021 10:23
0

ނ.ލަންދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިމަހުގެ 22 ވަނަ ދުވަހު ވަނީ ފަށާފައި ވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގައި 25،000 ކިއުބިކު މީޓަރުގެ ބަނދަރު ފުންކުރުމާއި 401 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 256 މީޓަރުގެ އެއްގަމުތޮށި ލުމާއި 60 މީޓަރު ރިވެޓުމަންޓު ޖެހުމުގެ އިތުރުން 1،280 އަކަ މީޓަރަށް ޕޭމަންޓު ހަދާނެ އެވެ. އަދި މަގު ބައްތި އާއި ނެރު ބައްތި ވެސް ހަރުކުރާނެ އެވެ.

ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތަކީ 32.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޯދީމީޑިއާ
ނ. ލަންދޫގަ ބަނދަރެއް ރަނގަޅު ފެންވަރަށް ހަދާފަ އޮންނާނެ.