ކުޅިވަރުން އާމްދަނީ ހޯދާ އެތައްހާސް ޒުވާނުންނެއްގެ އަޑު ސަރުކާރުން އަހަންޖެހޭ: މުއިއްޒު

ކުޅިވަރުން އާމްދަނީ ހޯދާ އެތައްހާސް ޒުވާނުންނެއްގެ އަޑު ސަރުކާރުން އަހަންޖެހޭ: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2021 08:15
0

ކޯވިޑް-19 އާއި ގުޅިގެން ޒުވާނުންގެ ތެރެއިން އެތައް ހާސްބަޔަކު ޝާމިލުވާ ފުޓުބޯޅައާއި، ކުޅިވަރު އެހެން މުބާރާތްތައް ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭ ކަމުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުޅިވަރު ކުޅުންތެރިންނަށް ވަނީ ކުޅިވަރު ކުރުން މަނާވެފައެވެ. މިއާއިއެކު ކުޅިވަރު ކުޅެގެން އާމްދަނީ ހޯދާ އެތައް ޒުވާނުންނަކަށް އެމަގު ބަންދުގެ ކުޅިވަރު ކުރިއަށްގެންދާ ފަރާތްތަކަށް ދަނީ މާލީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ކުޅިވަރު މުބާރާތްތަކަށް ހުއްދަ ދިނުމަށް ގޮވާލައި ޑރ.މުއިއްޒު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއިއެކުވެސް އެތައްހާސް ޒުވާނުންނެއްގެ އަޑު މިސަރުކާރާއި ކަމާއި ގުޅުންހުރި އިދާރާތަކުން އަހްނަ ޖެހޭކަމަށެވެ.

ކޯވިޑާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ފުޓުބޯޅައާއި އެހެނިހެން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ދެއްވުމަށް އެޗްޕީއޭ އަށާއި، ސަރުކާރާށް ގޮވާލަން. ފުޓުބޯޅައާއި އެހެން ކުޅިވަރުތަކުގައި އެތައްހާސް ޒުވާނުންނެއް ޝާމިލުވޭ. އެޒުވާނުން ތިބީ މާޔޫސްވެފަ.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށަން މިހާތަނަށް ކުރި މަސައްކަތުގައި އެޗްޕީއޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ދޭ ދެކޮޅު ނުޖެހޭ ޖަވާބުތަކާ ހެދި ފުރަތަމަ ޑިވިޝަން ކްލަބްތައް ގޮތް ހުސްވެ، ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށް އެ ޓީމުތަކުގެ އިސް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ކްލަބްތަކުން ފާހަގަކުރާ ގޮތުގައި ލީގު އަވަހަށް ފަށަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އޭއެފްސީ ކަޕްގައި ވާދަކުރާ ދެ ޓީމުގެ ހައްގުގަ އެވެ. އަންނަ މަހު ހަތް ވަނަ ދުވަހު އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަމަ މެޗުގައި އީގަލްސް މާލޭގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނަ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު އެ މެޗަށް ވާނެ ގޮތެއް ނޭނގޭތީ އީގަލްސް ކަންބޮޑުވެ އެވެ. އަދި މެޗެއް ނުކުޅެ ސީދާ އެ މެޗަށް ނުކުންނަން ޖެހުމަކީ އީގަލްސް އަށް އޮތް ބޮލުގެ ރިހުމެކެވެ. އެ ވާހަކަ އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ވެސް ވަނީ ދައްކައިފަ އެވެ.

އަނެއްކޮޅުން ސެންޓްރަލައިޒްކޮށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ސްޓޭޖުގެ މެޗުތައް ބާއްވަން އެފްއޭއެމުން ކުރި ބިޑް ވަނީ އިންޑިއާއާ ވާދަކޮށް ރާއްޖޭން ކާމިޔާބުކޮށްފަ އެވެ. އަންނަ މެއި މަހު އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން މާޒިޔާ އިން ބޮޑު ހަރަދުކޮށް އަންަނީ ތައްޔާރުވަމުންނެވެ. އެކަަމަކު އެ މުބާރާތުގެ މެޗުތަކަށް ދާއިރު، ލީގު ފެށުން ލަސްވެ މާޒިޔާގެ ތައްޔާރީތަކަށް ބުރޫއަރޭނެތީ އެ ޓީމުގެ ކަންބޮޑުވުންތައް ވެސް ހުރީ އިންތިހާގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސޯލިހުބޭ
މަގޭ ކަންފަތުގަ މަޑުހެދިފަ
ހ ހަބީބީ
މުޅިދުނިޔޭގެ ހުރިހާ ކުޅުންތެރިންވެސް އަދި އެންމެންވެސް ތިބީ މާޔޫސްވެފަ. މެޗްތައް ކުޅެނީ ދަނޑށް މިހުން ނުވައްދާ. އެވެސް ޢެޗް ޕީއޭގެ ނޫނީ މައިމޫނާގެ މައްސަލައެއްތަ؟ ތިހާހ ހަރުދަނާ ވާންޖެހޭ މީހަކު ދައްކާ ދެރަވަރު ވާހަކަ ދޯ. އެކަމަކު ތިވަރު މީހަކުވެސް މިފަހަރު ނެތް. މަގޭ ވޯޓު މުއެއްޒަށް.