އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކޯވިޑް ޓެސްޓް ހެދޭނެގޮތް ހަމަޖައްސަވައިދެއްވާ: ޖައުފަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކޯވިޑް ޓެސްޓް ހެދޭނެގޮތް ހަމަޖައްސަވައިދެއްވާ: ޖައުފަރު

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2021 09:00
0

ރ. އުނގޫފާރުގައި މިހާރު އުފެދިފައިވާ ކޯވިޑް-19 ކްލަސްޓާއާއި ގުޅިގެން އުނގޫފާރު ބޮޑު ބިރުވެރިކަމެއްގައި އޮތްއިރު، އުނގޫފާރުގެ ރީޖަނަލް ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތުމުން އެކަމުގެ ކަންބޮޑުވުން އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޖައުފަރު ދާއޫދު ފާޅު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ހެލްތު މިނިސްޓަރ ނަސީމް ޓެގް ކުރައްވައި ޖައުފަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ ކޯވިޑަށް ޓެސްޓް ކުރެއްވިތާ މިހާތަނަށް ތިން ދުވަހަށްވުރެ ގިނަ ދުވަސް ވެގެންދާއިރުވެސް ނަތީޖާ ނުލިބޭކަމަށެވެ. އުނގޫފާރަކީ ރީޖަނަލް ހޮސްޕިޓަލަށްވާއިރު، އެ ހޮސްޕިޓަލުގައި ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ޖަރުފަރު ވިދާޅުވިއެވެ.

އަޅުގަނޑު ކޮވިޑް ސާމްޕަލް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ނެގިތާ މީ 3 ވަނަ ދުވަސް. އަދިވެސް ނަތީޖާ ނުލިބޭ. މީ ވަރަށްބޮޑު އަނިޔާއެއް. މިގޮތަށް ވާނުވާއެއް ނޭނގި ނުބައިތިއްބާ! ރީޖަނަލް ހޮސްޕިޓަލު ތަކުން ޓެސްޓް ހެދޭނެގޮތް ހަމަޖައްސަވައި ދެއްވާ!

– ޖައުފަރު ވިދާޅުވިއެވެ. 

އުތުރުގެ ރަށްރަށު މީހުން ސިއްހީ ހިދުމަތް ހޯދަން އާންމުކޮށް ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. އުނގޫފާރުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާޗް ދޭއްގެ ފަހުން އެރަށަށް ގޮސްފައިވާ މީހުން އެ މީހަކު ހުރި ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް އެންގުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ މުއްދަތުގައި އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވަނީ އަންގާފައެވެ.
ރ. އުނގޫފާރުގައި މިހާރު އުފެދިފައިވާ ކޯވިޑް-19 ކްލަސްޓާ އާއި ގުޅުންހުރި މީހަކު ޅ. ނައިފަރުން ޕޮޒިޓިވްވުމާއި ގުޅިގެން އެރަށްވެސް މިހާރު ވަނީ  މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.