މާލޭގެ ބޯހިޔާވަހިކަމަށް ދިމާވި ފުރަތަމަ ދަންތުރައަކީ ހައުސިން މައުމޫނަށް ލިބުން: ނަޝީދު

މާލޭގެ ބޯހިޔާވަހިކަމަށް ދިމާވި ފުރަތަމަ ދަންތުރައަކީ ހައުސިން މައުމޫނަށް ލިބުން: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2021 05:36
0

މާލޭގެ ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ތެރެއިން އެންމެ ފުރަތަމަ ދިމާވި ދައްޗަކީ އެމްޑީޕީގެ ސިޔާސަތުތަކާއި ދުރު ރައީސް މައުމޫންގެ ވަޒީރަކަށް އެ މަޤާމު ލިބުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި މާފަންނު އެމްޑީޕީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކަށް ފަރިތަނޫން ބޭފުޅުންނާއިއެކު އެމްޑިީޕީގެ ވައުދުތައް ފުއްދުމަކީ ވަރަށް އުދަގޫ ކަމެއްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް އެމްޑީޕީން މެނެފެސްޓޯގައި ހާސިލް ކުރާނެކަންކަން ކަޑައެޅިކަމަށެވެ. ނަމަވެސް ސަރުކާރާއި ހަވާލުވެ ފުރަތަމަ ހައުސިންގެ ވަޒީރަކަށް އައްޔަން ކުރެވެނީ ރައީސް މައުމޫންގެ ބޭފުޅަކަށް ވުމުން އެންމެ ބޭނުންވި ގޮތަށް އެކަން ހާސިލް ނުވެފައިވާކަމަށެވެ.

ފުރަތަމަ ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް މައުމޫންގެ ފަރާތްޕުޅުން ވަޑައިގެންނެވި ވަޒީރެއް. އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ކަންކަން ވަޒީރާއި ހެދި ވަނީ ނުކުރެވިފަ. ހައުސިން މިނިސްޓަރ މިހާރު ވަނީ ބަދަލު ވެފަ، މިހާރު އެހުންނެވީ އެމްޑީޕީގެ ބޭފުޅެއް. އެދަންތުރައިން އަޅުގަނޑުމެން މިވަނީ ސަލާމަތްވެފަ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭ ސަރަހައްދަށް ބޯހިޔާވަހިކަން ފަހި ކުރުމަށް އެމްޑީޕީން ވެފައިވާ އެންމެ ބޮޑު ވައުދަކީ މަލޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން ދެނެގަތުންކަމަށެވެ. އަދި މި އެސެސްމަންޓާއިއެކު އެމީހުންނަށް ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށެވެ. އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެކަމީ ހިތުގައި ކުޑަކޮށްވެސް ޝައްކު އުފެދޭ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ހައުސިން ނީޑްސް އެސެސްމެންޓެއް ހެދުން އެއީ، މިސަރުކާރުގެ އެންމެ ބޮޑު އެއްވައުދު. އަދި މިނެންނެވި އެސެސްމެންޓް މެދުވެރިކޮށް ކާކައްތޯ ބީހިޔާވަހިކަން ބޭނުންވަނީ، ބަލާފައި އެމީހަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން. އެކަން މިސަރުކާރުން ކުރާނެ، އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަން ރައީސުލްޖުމްހޫރިއްޔާ. އެމަނިކުފާނު މިކަން ކޮށްދެއްވާނެ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ރައީސް ޔާމީން އެޅުއްވި 7،000 ފުލެޓަކީ ކުރައްވާފައިވާ ޖެއްސުމެއްކަމަށެވެ. އެތައްބަޔަކަށް ފްލެޓްގެ ލިޔުން ދެއްވައި އެކަން ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. ނަމަވެސް މިސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީން އެކަން ވަރަށް ރަނގޅަށް ބަލަހައްޓައި، ނިންމާފައިވަނީ ވަރަށް ފުރިހަމައަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު މިއަދު ވަނީ ފްލެޓް ކޮމިޓީގެ މަސައްކަތް އާދަޔާއި ޚިލާފަށް ރަނގަޅުކަމަށް ވިދާޅުވެފައެވެ.

މާލެއަށް ދިމާވެފައިވަ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށް ދެއްވުމަށްޓަކައި މިދައުރުގެ ތެރޭގައި 15،000 ހައުސިން ޔުނިޓް ޢިމާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅު ސަރުކާރުން މިދައުރުގައި މާލެ ސަރަޙައްދުގައި ޢިމާރާތްކުރަން ވަޢުދު ވެފައިވަނީ 10،000 ހައުސިން ޔުނިޓުކަމަށެވެ. ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ އަދި އަމާޒަކީ މާލެ ސަރަޙައްދުގައި މިދައުރު ނިމުމުގެ ކުރިން 15،000 ހައުސިން ޔުނިޓް ޢިމާރާތްކޮށްދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މި ހައުސިން ޔުނިޓުތަކުގެ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ތަފްސީލީ ގޮތެއްގައި މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި މި ފްލެޓްތައް އޭގެ ހައްގު ވެރިންނަށް ދިނުމަށްޓަކައި ދުރާލައި މިކަމަށް ހުޅުވާލައި، ޕޮއިންޓު ދޭނެ އުސޫލުތައް ކަނޑައަޅައި ފްލެޓްތައް ދިނުމުގައި ހަމަހަމަ އުސޫލަކުން މަސައްކަތް ކުރައްވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ީ ީިއިސްމާޢީލް ހުޛާމް
މުޅި ދިވެހިރާއްޖެއަށް ޖެހުނު އެންމެ ބޮޑު މުސީބާތް ބަލާވެރިކަމަކީ ކެނެރީ މުޅި ޚާންދާން. އޭގެ ތެރޭންވެސް މުސީބާތަކަށްވުރެވެސް ބޮޑު ކޯފާއަކީ މި ގަންޖާ ނަޝީދެކޭ ކިޔުނު ވަބާ.
ސ ސާޒަން
ކަލޭ ތިޔަ ދަނީ ހުރިހާ ބާރެއް އޮވެ ކަމެއް ނުކުރެވިގެން ދަނިކޮށް ފަސްކުތަމުން އައި އިންތިހާބުން ނާކާމިޔާބު ވެދާނެތީ މުނާފިގު ވާހަކަ ދައްކަމުން!! ކަލޭމެންނަކަށް ނުކުރެވޭނެ!! ފިތުނަވެރި ވާހަކަ ދެއްކިދާނެ ކަލެޔަށް
ނ ނުރަބޯ
ދެން މިހާރު މައުމޫނު އަތުން އެ މަސައްކަތް އަތުލާފަ ރީނދޫ ޕަޕެޓް މާތޮޑާ އަސްލަންޓޭ އާއި ޙަވާލުކޮށްފަ ނޫންތަ އެއޮތީ ދެން މިހާރު ކީއް ވެގެނޯ އެކަން ނުވެގެން އެ އުޅެނީ.....؟ ކަލޯމެންގެ ވަގުވެރިކަން ފެށުމާއެކު ރައްޔިތުންނަށް އެނގިއްޖެ ދެން ބޯހިޔާވަހިކަން ވެސް ތަރައްގީ ވެސް މި ނިމުނީކަން. ކަލޭ ތިޔަހުންނަނީ އުތުރު ތިލަފަޅު ވިއްކާލައިގެން ޖީބު ތައް ޑޮލަރުން ފުރާލައިގެން ދެން ކަލެއަށް ނިމުނީނު....؟
B Birubodu
ބޯހިޔަވެހިކަމަށް ޖެހުނު ދަންތުރައަކީ ހައުސިންގެ މަޝްރޫއު އެންމެރަނގަޅަށް ކުރިއަށް ގެންދަން އެގިލަށްވާނީ އާތިފާ ކަމުގާވާތީ މިސަރުކާރުން ބަޖެޓްނުދީ އާތިފާއަށް ދަތިކުރުމުގެ ފިޔަވަޅުއަޅާ ބިރުދަށްކާ ގެދޮރު ކަންކަން ކުރިއަނުދިނީ ވަރަށް ވަރަށްސާފް އިނގޭ
ޢ ޢ ވައްހާބު
މައުމޫން ޖެއްސެވި އެންމެ ބޮޑު ދަންތުރައަކީ ހުޅުމާލެ ކިޔާ ރަށެއް ހިއްކުން
A Abdulla Mahir
ސާބަސް، ސާބަސް!
H Haaufaa
Nasheedhu thiya vidhaalhu vanee mi verikamuge mugulakee raees maumoon kah dhw. Thimaage mushu thereygai hurihaa baareh othee. dhen gudhoa gudhoa guvumakun meehun gabooleh nukuraane.
ފ ފުލެޓް ދޮންބެ
މަސް ނުބޭނުނީމާ ކަނޑު ނުބައިވިހެން މީނަޔަށްވެސް ގޯސްމިވީ މައުމޫނުގެ ވަޒީރު. މިސޮރުގެ ތިން އަހަރުގެ ވެރިކަމުގާ އެއްކަމެއްވެސް ނުކެރުވުނީމާ ދެން ކޯއްޗެކޭތަ މިކިޔަނީ.ކަލޯމެނަކަށް ހަމަ އެއްވެސް ކަމެއް ނުވާނެ.