ކެމްޕެއިން ކުރުުމުގެ ހަމަހަމަ ފުރުސަތު ނުލިބޭތީ ކުއްލި މައްސަލައެއް

ކެމްޕެއިން ކުރުުމުގެ ހަމަހަމަ ފުރުސަތު ނުލިބޭތީ ކުއްލި މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2021 09:32
0

ކައުންސިލް އިންތިޚާބުގައި ސިޔާސީ ޕާޓީތަކަށާއި، ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭތީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދައިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިމައްސަލަ ހުށަހެޅުއްވި އެންމެ ބޮޑު މަޤްސަދަކީ ޤާނޫނޫނު އަސާސީގެ 18 ވަނަ މާއްދާއިން ކަށަަވަރުކުރާ ހައްގުތައް ނުލިބުންކަމަށެވެ. ކެމްޕެއިންގައި އިދިކޮޅު ކޯލިޝަން ކެނޑިޑޭތުންނާއި، ޕާޓީތަކަށް ކެމްޕެއިން ކުރެވޭނެ އެއްވެސް ގޮތެއް ނެތްއިރު ސަރުކާރުން މުޅި ރާއްޖޭގައި ދަތުރުކޮށްގެން ކެމްޕެއިން ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިއްޔެ މަޖިލިސްގައި އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ ވަހަކައިން ސިޔަސީ ނުފޫޒާއި ބާރު އެކަމަނާގެ މައްޗަށް އޮތް މިންވަރު އެގިގެން ގޮސްފައިވާކަމަށެވެ. މައުމޫނާ ކަންކަން ނިންމަވަނީ ސީދާ މިނިސްޓަރުގެ އެންގުމާއި އެއްގޮތަށް ކަމަށްވާއިރު، އެޗްޕީއޭގެ ނިންމުންތައް ސިޔާސީ ނުވާނެ ގޮތެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްޑީޕީއާއި ރައީސް ނަޝީދަކީ ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރެވޭނެ ފުރުސަތު ހޯދައި ހައްގުތަކަށް ބަކާލާތު ކުރި މީހުންކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ އެއްވެސް ހަމައެއް އުސޫލެއްނެތި އެމްޑީޕީއަށް އެކަނި ސިޔާސީ ހަރަކާތް ހިންގޭތަންކަމަށެވެ.

ސައީދު ވަނީ މިމައްސަލާގައި ކެމްޕެއިނަށް ހަމަހަމަ ފުރުސަތު ހޯދާނެ ޖާގަ ތަނަވަސްކޮށް، އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރެވޭނެ މަގު ފަހި ކުރުމަށް ގޮވާލާފައެވެ. އަދި ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައި ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހަމަހަމަ ފުރުސަތު ގާއިމް ކޮށްދިނުމަށް ސައީދު ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.