ކޮމިޓީގައި މަލީހު ނެންގެވި ޤާނޫނީ ނުކުތާތަކަށް ޖަވާބު ނުދެވި އެމްޑީޕީ މެމްބަރުން ރަތަށް!

ކޮމިޓީގައި މަލީހު ނެންގެވި ޤާނޫނީ ނުކުތާތަކަށް ޖަވާބު ނުދެވި އެމްޑީޕީ މެމްބަރުން ރަތަށް!

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2021 12:47
0

ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު މިއަދު މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރުކުރުން ނެންގެވި ޤާނޫނީ ނުކުރާތަކަށް ޖަވާބު ނުދެވި އެމްޑީޕީ މެމްބަރުން ރުޅި ގަދަވެއްޖެއެވެ.

މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަގާއި ވޯޓު ނެގި ދުވަހު، އެ މައްސަލައަށް ޖަވާބުދާރީވަމުން މަލީހު ވަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީވެސް މަޖިލީހުން ބިރު ދެއްކުމުން ކަމަށް މަލީހު ތުހުމަތުކުރެއްވިއެވެ. އަދި ފުރުޞަތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީއަށް އެ މައްސަލަ ފޮނުއްވާފައެވެ. މަލީހުގެ ތުހުމަތުތަކަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން މަޖިލީހުގެ ރައީސް އެދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވަނީ މަލީހު މަޖިލީހުގައި އިތުރުފުޅު ހެއްދެވިކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލަށްވެސް ފޮނުއްވާނެކަމަށެވެ.

މިމައްސަލާގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަލީހު ވަނީ އޭނާ ކޮމިޓީއަށް ހާޒިރު ކޮށްފައިވަނީ ޤާނޫނީ އިމުން ބޭރުންކަމަށްބުނެ، ޤާނޫނުގެ ބައެއް މާއްދާތަށް ވިދާޅުވެ، އެމާއްދާތަކާއި ގުޅޭ ސުވާލުތައް ކުރިމަތިކޮށްފައެވެ. އަދި މިމައްސަލާއި ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވީ ވަޒީރަކަށް ހުންނަވާ ބޭފުޅަކު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މަޖިލިސް ތަޅުމުގައި ދައްކަވާ ވަހަކަޔަކުން މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް އިތުތަށް ތަހުގީގް ކުރާ އުސޫލުން ކަންކަން ކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ.

ނާޒިމް ވިދާޅުވީ މަލީހު މަޖިލީހުގައި ދެއްކެވި ވާހަތަކާއި ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތަކީ ޒަތީ މަސައްކަތްތަކެއްކަމަށެވެ. އަދި ވަޒީރަށް މަޖިލީހުގައި 30 މިނިޓްގެ ވަގުތެއްގައި ވާހަކަ ދައްކަން ފުރުސަތު ލިބި އެފުރުސަތުގައި ދައްކަވާ ވާހަތަކާއި ގުޅިގެން އިތުރު އެއްވެސް ވަހަތަކެއް ދައްކައި ތަހުގީގް ކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ.

މަލީހުގެ މިތުހުމަތުތަކާއި ގުޅިގެން މިއަދު ބޭއްވުނު އިމްތިޔާޒު ކޮމިޓީގައި މެމްބަރުންވަނީ މިކަމުގެ ތަފްސީލް ހޯދުމަށް އެދި ސުވާލުކޮށްފައެވެ. ނަމަވެސް މަލީހު ވަނީ މިސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މަޖިލީހުގައި ދެއްކި ވާހަކައާއި ގުޅިގެން މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެކަމަށް ބުނެފައެވެ. އަދި ތަކުރާރުކޮށް މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މި ސުވާލު ކުރެއްވުމުންވެސް މަލީހު ވަނީ ސުވާލަށް ޖަވާބު ނުދެއްވައި ކޮމިޓީއަށް ހާޒިރު ކުރެވުނު ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ. މަލީހުގެ މިވާހަތަކާއި ގުޅިން އެމްޑީޕީ މެމްބަރުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ މަލީހުއަށް އެގޮތަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމަށް މުޤައްރިރަށް ދަންނަވާފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލާފައިވަނީ މަލީހަށް ތަކުރާރުކޮށް މަޖިލީހުގައި ކުރީގެ މިނިސްޓަރު ޝިދާތާ އާއިއަދި އެހެން ވަޒީރުންނަށް މަޖިލީހުން ބިރު ދައްކާކަމަށްބުނެ ކުރި ސުވާލަށް ޖަވާބު ނުދެއްވުމުންނެވެ. މިމައްސަލަގައި ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި ގޮތެއް ނިންމާނެކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތޫރަ
ތީހަމަ ދޮގެއް ރަތައް އެރީ ޚަބަރުއޮންލައިން ކުދިން ދޯ؟
M Migey
Baaru otheemaa birudhahkanee. dhuvaheh ebaoiy