ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ވެފައިވަ ވައުދުތައް ފުއްދަން މަޖިލީހުގެ މެޖޯރިޓީ ދިނުމުންވެސް އެކަންކަން ނުވެ، ކައުންސިލް އިންތިޚާބާއި ކުރިމަތިލާއިރު ފެނިގެންދަނީ އެވައުދުތަކުގެ މަތީން ރައްޔިތުން ހަނދާން ނަތްތާލަން އުޅޭ މަންޒަރު ކަމުގައި ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުުގެ ކެމްޕެއިންގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކެމްޕެއިން ކުރަމުންދާއިރު ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ނުބެލި ލަސްވާ މައްސަލަގައި ކަންބޮޑުވުން ފާޅު ކުރައްވަމުން ޒަރިޔަންދު ވިދާޅުވީ ފެނިގެންދަނީ އެވައުދުތަކުގެ މަތީން ރައްޔިތުން ހަދާން ނައްތާލުމަށް މަސައްކަތް ކުރާތަން ކަމަށެވެ.
ސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލައި ދޭނެކަމަށްވާއިރު، އެވައުދު ފުއްދަން ދެއްކި ބަހަނާއަކީ މަޖިލިސް އިންތިޚާބު ކަމަށެވެ. ރައްޔިތުން އެއަޑުވެސް އަހައިގެން މަޖިލިސްގެ ސުޕަމެޖޯރިޓީވެސް ދީފައިވާ ކަމަށާއި، ނަމަވެސް މައްސަލަ ނުބެލި ކައުންސިލް އިންތިޚާބާއި ކުރިމަލާއިރު ފެނިގެންދަނީ އެކަންކަމުގެ މަތީން ހަދާން ނަތާއްލާތަން ކަމަށެވެ.
ސަރުކާރު އައީ "އެމް.އެމް.ޕީ.އާރ.ސީ" މައްސަލަ ބަލާ ނިންމާނޭ ކަމުގެ ވައުދާއިއެކު! ވައުދު ފުއްދުމަށް ބޭނުންވާ ޤާނޫނު ހެދޭނީ މަޖްލިސް ލިބިގެންކަމަށް ބުނީމާ މަޖިލީސް މެޖޯރިޓީ ދިނީ! ކައުންސިލް އިންތިޙާބު އައިއިރު ބޭނުންވަނީ އެނުފުދޭ "ވައުދު" މަތިން ރައްޔިތުން ހަނދާން ނައްތާލުމަށްބާ؟
– ޒަރިޔަންދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެނިގެން ދަނީ ކައުންސިލް އިންތިޚާބަށް ބޯމަތިވުމުން އަނެއްކާވެސް އެމްއެމްޕީއާރުސީ މައްސަލައިގެ އަޑު ގަދަވެ ބައެއް ބޭބޭފުޅުން ކޮމިޝަންތަކައި އިދަރާތަކަށް ހާޒިރު ކުރުމަށް މަސައްކަތް ކުރާތަންކަމަށެވެ. މިކަމުގެ ސަބަބުން އިތުބާރު ގެއްލިގެން ދަނީ މުއައްސަސާތަކައި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކިބައިންކަމަށް ޒަރިޔަންދު ފާހަގަ ކުރެއްވިއެވެ.
ވާދަވެރި ބައެއް ފަރާތްތަކަށް އަމާޒުކޮށް ދައުލަތުން ކުރިމަތިކުރުވާ؛ ޖަލު ހުކުމާއި، ޝަރީއަތާއި، އިންތިޙާބުތަކާއި ދިމާކޮށް ހަރަކާތްތެރިވާ ތަޙްޤީޤުތަކުގެ ސަބަބުން ކޮރަޕްޝަންގެ ތުހުމަތަކީ ހަމައެކަނި ސިޔާސީބަހަނާއެއްކަމަށް ރައްޔިތުންގެހިތުގައި ޝައްކުއުފެއްދުމުގެ ފުރުސަތުލިބެއެވެ.
– ޒަރިޔަންދު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބަށް ސަރުކާރު ހިންގާ އެމްޑީޕީއަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ ވައުދުތައް އަދާއި ހަމަޔަށްވެސް އެންމެ އެކަށީގެންވާ މިންވަރަށް ނުފުއްދުމެވެ. ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނަށްވެސް ކެމްޕެއިން ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީކަމަށް އެފަރާތްތަކުންވެސް ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ