އަނަންތަރަ ކިހަވަށް ރިސޯޓުން އިތުރު 7 މީހަކު ޕޮޒިޓިވްވެއްޖެ

އަނަންތަރަ ކިހަވަށް ރިސޯޓުން އިތުރު 7 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2021 08:09
0

ބ.އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރަ ކިހަވަށް ރިސޯޓުން ކޯވިޑް-19އަށް އިތުރު 7 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އަނަންތަރާއިން ޕޮޒިޓިވްވި މީހުން ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީގައި ދަނީ މިހާރު ފަރުވާދެމުންނެވެ. އެ 7 މީހުން ގެތެރޭގައި 4 ދިވެހިންނާއި 3 ބިދޭސީންނެވެ. މިމީހުންނަށް ފަރުވާދިނުމަށް ގެންދިޔައީ އެމީހުންގެ ޙާލު އިތުރަށް ގޯސްވެދާނެފަދަ ޢަލާމާތްތައް ފެންނަމުންދާތީކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުންޏެވެ. މިހާތަނަށް އެރިސޯޓުން 31 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އަދި ގިނަޢަދަދެއްގެ މުވައްޒަފުން ވަނީ ކަރަންޓީންކޮށްފައެވެ. އަދި ފަތުރުވެރިއަކުވެސް ވަނީ ކަރަންޓީންކޮށްފައެވެ.

އަނަންތަރަ ރިސޯޓްގައި ކޯވިޑް-19 ފުރަތަމަ ފެނިފައިަނީ މީގެ މަހެއްހާދުވެސް ކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.