އއ.ތޮއްޑޫވެސް މޮނިޓަރިންގެ ޙާލަތަށް ގެނެސްފިއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ތޮއްޑޫ މޮނިޓަރިންއަށް ލާފައިވަނީ އެރަށުން އިއްޔެ މާލެ އައި މީހެއް ކޯވިޑް އަށް ޕޮޒިޓިވް ވެފައިވުމާއި ގުޅިގެންކަމަށެވެ. އަދި އެރަށުގައި ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ތޮއްޑޫ މޮނިޓަރިންއަށް ލާފައިވާއިރު، މ.ކޮޅުފުށިވެސް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެރަށްވެސް މޮނިޓަރިންއަށް ލާފައިވަނީ އެރަށުން މާލެއައި މީހަކު ޕޮޒިޓިވުމާއި ގުޅިގެންނެވެ. އަދި މިއަދުވަނީ އިތުރު 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން ގއ.ދެއްވަދޫއިންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށްވެސް ވަނީ މޮނިޓަރިންގެ ޙަލަތުގައެވެ. އެގޮތުން އެރަށުން މިހާތަނަށް 70 އަށް ވުރެ ގިނަމީހުން ޕޮޒިޓިވްވެފައިވެއެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވެފައިވާއިރު، ފާއިތުވި ދެ ދުވަހު ޕޮޒިޓިވްވި މީހުންގެ ޢަދަދު ހުރީ 100 އިން މަތީގައެވެ. އަދި ޕޮޒިޓިްވެ ފަރުވާދެމުން އަންނަ މީހުންގެ ޢަދަދުވެސް ވަނީ 1000 އިން މައްޗަށް އަރާފައެވެ
ކޮމެންޓު ފޮނުވާ