ކޮޅުފުށިން އިތުރު 7 މީހަކު ޕޮޒިޓިވްވެއްޖެ

ކޮޅުފުށިން އިތުރު 7 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2021 06:16
0

މ.ކޮޅުފުށިން އިތުރު 7 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށް މިވަގުތު އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.

ކޮޅުފުށ ކައުންސިލުން ބުނީ އަލަށް ޕޮޒިޓިވްވި ހަތް މީހުންނަކީވެެސް ކޮޅުފުށިން މާލެ އައިސް ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި މީހުންކަމަށާއި، އޭގެ ތެރޭގައި އަހަރެއް ނުވާ 2 ކުދިންވެސް ހިމެނޭކަމަށެވެ.

އެރަށް މނިޓަރިންއަށްލާފައިވަނީ މިމަހުގެ 24 ގައެވެ.މ.ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އެރަށުން މާލެއައި މީހަކު، މާލެ އައިތާ ދެވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ މިމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ ޢަލާމާތްތައް ފެނިގެން ހެދި ޓެސްޓުންކަމަށެވެ. ބައްޔަށް ޕޮޒިޓިވްވެފައިވަނީ ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު މާލެއައި އަންހެނެކެވެ. މިދިޔަ މަހުގެ ފަހުކޮޅު ޗުއްޓީއަށް ރަށަށް ދަތުރުކުރި މިމީހާއަކީ 10ދުވަހުގެ ކަރަންޓީން މުއްދަ ފުރިހަމަކޮށް، ކޯވިޑް-19އަށް ކުރި ޓެސްޓުގެ ނަތީޖާވެސް ނެގެޓިވްވެފައިވާ މީހެއްކަމަށް ކައުންސިލުން ބުންޏެވެ.

106 ސާމްޕަލް ނަގައި، ޓެސްޓުކުރުމަށް ނަގާފައިވާއިރު، އެގޮތުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 52 ސާޕަލް އެރަށުންވަނީ ނަގާފައެވެ. އަދި 54 ރެންޑަމް ސާމްޕަލް ރަށުތެރެއިންވަނީ ނަގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.