ކޯވިޑް-19އާއި ގުޅިގެން ދިވެހި ސަރުކާރުން 3 ބިލިއަން ރުފިޔާ ޚަރަދުކުރީ ދަރުބާރުގެއަށާއި، ރައީސް އޮފީހުގެ ހަތަރު ފާރުގެ ތެރެއަށްކަމަށް ވިދާލުވެ ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އިޓަލީ ވިލާތުގައި ކޯވިޑް-19ގެ ބަލިމަޑުގެ ޕެންޑަމިކާއި ގުޅިގެން ޚަރަދުތައް އިންތިހާއަށް މަތިވެ ބޮޑުވަޒީރު އިސްތިއުފާދެއްވި ޚަބަރު ހިއްސާކުރައްވަމުން ސަޢީދު ވިދާޅުވީ، ރާއްޖޭޣައި ކޯވިޑް-19 އަށް ދިވެހި ސަރުކާރުން3 ބިލިއަން ރުފިޔާގެ ޚަރަދެއް ކުރީ ދަރުބާރުގެ ތެރެއަށާއި ރައީސް އޮފީހަށްކަމަށެވެ. އެކަމުން ރައްޔިތުންނަށް ކުރި ފައިދާއެއް ނެތްކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. އަދި މުދަލުގެ އަގު ބޮޑުވަމުން އަންނަކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
Covid ah Dhivehi sarukaarun 3billion rufiyaa ge haradheh kuree Dharubaaruge aai Raees Office 4 faaruge thereah. Rayyethakah kuri faidhaaeh dhekkeyne evves gotheh neiy. Mudhaluge agu vanee bodu. https://t.co/dmFLcKhPKW
— Mohamed Saeed (@em_saeed) January 26, 2021
ސަޢީދު މިހެން ވިދާޅުވެފައިވާއިރު، ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ދައުލަތުން ކުރި ޚަރަދުތައްވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި ތަކެތީގެ އަގު އުފުލެމުން އައިސްފައިވާއިރު، އެކަމަށް ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެގެން ގޮސްފައެވެ.
ސަރުކާރުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު، ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ކުރި ޚަރަދުތަކަށް 2.9 ބިލިއަނަށްވުރެ މައްޗަށް އަރައެވެ. ފިނޭންސް މިނިސްޓްރީން ޢާންމުކުރާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން މިދިޔަމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 868 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 273 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ