ވިސާމް ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފި

ވިސާމް ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފި

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2021 04:43
0

61 ކިލޯގެ ޑްރަގްސް އެތެރެކުރި މައްސަލާގައި އިސްކޮށް އުޅުނު މީހާގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި ގާތްގަނޑަކަށް 61 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މއ. ބޮއިލިންގފިޝް، އަޙްމަދު ވިސާމް ބަންދުން ދޫކޮށްލުމަށް 24 ޖަނަވަރީ 2021 ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓްގައި އިސްތިއުނާފްކުރީ މިއަދުކަމަށެވެ.

61 ކިލޯގެ ޑްރަގްސް އެތެރެކުރި މައްސަލާގައި އަޙްމަދު ވިސާމްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލާގައި ވިސާމްގެ އިތުރުން 11 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ކޮށްފައިވާނެކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. މި މީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެންތިބި މީހުން ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައި. ވިސާމްއަކީ މި ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ ޢަމަލު ހިނގުމުގައި އެންމެ އިސްކޮށްހުރީ އަޙްމަދު ވިސާމްކަމަށް އިންޓެލިޖެންސްއަށް މަޢުލޫމާތު ލިބިފައިވެވެ.

ވިސާމް ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނެރެފައިވާ އަމުރު ރިވިއުކުރަން ގެންދިއުމުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން އޭނާއަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައި ނުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.