އިދިކޮޅުން ބޭއްވި އެއްވުމުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

އިދިކޮޅުން ބޭއްވި އެއްވުމުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2021 12:48
0

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދިޔަ އިޙްތިޖާޖުގައި ފުލުހުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މެންދުރު  ކުރިއަށްގެންސިޔަ ސީދާ ހަރަކާތުގެ ތެރެއިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސްސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ހައްޔަރުކުރިއެވެ. އަދި ޢާންމުންގެ ބައެއް މީހުންވެސް ހައްޔަރުކުރިއެވެ. މީގެ އިތުރުން މިރޭ ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ވަނީ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ޕީޕީއެމް ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓެއްވެސް ފުލުހުން ހައްޔަރުކޮށްފައެވެ. ނަމަވެސް އެ ހުރިހާ އެންމެން މިހާރު ދޫކޮށްލާފައިވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުންޏެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ސީދާ ހަރަކާތަކީ ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށާއި ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލުމަށް ބޭއްވި ހަރަކާތެކެވެ. ޕީޕީއެމް އޮފީސް ކުރިމަތިން ސީދާ ހަރަކާތުގެ ބައިވެރިން މިސްރާބުޖަހާފައި ވަނީ އަމީނީމަގުން އިލެކްޝަންސް ކޮމިޝަން ހުންނަ ސަހަރައްދަށް ދިއުމަށެވެ. ނަމަވެސް ފުލުހުން ސީދާ ހަރަކާތުގެ ބައިވެރިންނަށް ހުރަސް އަޅައި ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ފުލުހުން ހުރަސް އެޅުމުގެ ސަބަބުން ސީދާ ހަރަކާތުގެ ބައިވެރިންނަށް އިންތިޚާބާބެހޭ މަރުކަޒު ކުރިމައްޗަށް އެއްވެ، މަޖީދީމަގަށް އެއްވުމަށް ވަނީ މަސައްކަތްކޮށްފައެވެ. މަޖީދީމަގަށް އެއްވުމަށް ސީދާ ހަރަކާތުގެ ބައިވެރިން ކުރި މަސައްކަތް ހުއްޓުވުމަށް އޭގެތެރެއިން ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.