ފިހާރައެއް ފަޅާލައި ވައްކަންކުރަން ތިއްބާ އަތުލައިގެންފި

ފިހާރައެއް ފަޅާލައި ވައްކަންކުރަން ތިއްބާ އަތުލައިގެންފި

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2021 01:18
0

ފިހާރައެއް ފަޅާލައި ވައްކަންކުރަން ވަދެ ބަޔަކު ތިއްބާ ރޭ ފަތިހު އަތުލައިގެންފިއެވެ. ފިހާރަ ފަޅަލާ އެތަނަށް ވަދެ ތިއްބާ ބަޔަކު އަތުލާގެންފައިވަނީ ރޭ ފަތިހު 04:30 ހާއިރު ގަލޮޅު ޑރ.ޑީޑީ ޑެންޓަލް ކްލިނިކް ކައިރީ ބުރުޒު މަގުގައި ހުރި އެސްބީ މާޓުންނެވެ. މިހާދިސާގައި 3 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

އެފިހާރަ ފަޅާލާފައިވަނީ ދަނގަޑުބުރިތަކެއް ބޭނުންކޮށްގެން ފިހާރައިގެ ތަޅު ހަލާކުކޮށްގައިންނެވެ. އެމީހުން އަތުލައިގަތީ ފިހާރާގައި ހުރި ފައިސާތަކާއި، ކެމެރާ ސިސްޓަމް ވަގަށް ގެންދަން އުޅުމުންކަމަށް ފހާރައިގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފިހާރަތެރޭގައި ބަޔަކު ތިއްބާ އަތުލައިގެންފައިވަނީ އެތަނުގެ ތެރޭގައި ބަޔަކު ތިބިކަމަށް ފުލުހުންނަށް ރިޕޯޓްކުރިތާ މާގިނަ އިރުތަކެއް ނުވަނީސްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.