ކޮޅުމަޑުލާއި ހައްދުންމައްޗާއި ދެމެދު އެމްޓީސީސީން ދެމުން އަންނަ ލޯންޗު ފެރީގެ ޚިދުމަތުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އެމްޓީސީސީން ބުނީ މިގެނައި ބަދަލާއެކު ޚިދުމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަވަނެކަމަށެވެ. އެމްޓީސީސީން ބުނީ ކޮންމެ ހަފްތާއެއްގެ ހަތަރު ދުވަހު ޚިދުމަތް ލިބޭނެކަމަށެވެ. އެގޮތުން ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯންޗު ފެރީގެ ޚިދުމަތް ލިބޭނެކަމަށެވެ. އެމްޓީސީސީން އާންމުކޮށްފައިވާ ލޯންޗްފެރީގެ އަގުތަކުގެ ތެރޭގައި ތ.ވޭމަންޑޫއިން، ތ.ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75 ރުފިޔާއެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 150 ރުފިޔާއެވެ. ތ.ވޭމަންޑޫ، ތ.ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250 ރުފިޔާއެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 400 ރުފިޔާއެވެ.
Updated launch ferry schedule of Th. and L. Atoll. pic.twitter.com/33xgu0HEpS
— MTCC Plc (@MTCCPlc) January 22, 2021
އެމްޓީސީސީން އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި ލޯންޗް ފެރީގެ ޚިދުމަތް ދެމުން އަންނައިރު އެ ޚިދުމަތް އަންނަީ ފުޅާކުރަމުންނެވެ. ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައި އިތުރުގެ ހއ.ހދ އަދި ށ އަތޮޅުގައި ފަށާ ހައި ސްޕީޑް ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ